ވައިގެ މަގުން ޑްރަގް އެެތެރެ ކުރި ދިވެއްސަކު ހައްޔަރުކޮށްފި

ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގެންފައިވާ ޕާޓީ ޑްރަގްސްތަކެއް --- ފޮޓޯ/ ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ދިވެއްސަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެއާ އިންޑިއާގެ ފްލައިޓަކުން ރާއްޖެ އައި ދިވެއްސަކު މަސްތުވާތަކެއްޗާ އެކު ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ.

އުުމުރުން 21 އަހަރުގެ އެ މީހާ ހައްޔަރު ކުރީ މިއަދު މެންދުރު 11:35 އެހާކަން ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ކަސްޓަމްސް އިން ވަނީ މިހާރު އެ މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް