ކުންފުނިތަކާ ބޭހޭ ކޮމިޓީއަށް ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ހާޒިރުކުރަނީ

ކުންފުނިތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު: އެ ކޮމިޓީއަށް ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ ވެރިން މިރޭ ހާޒިރު ކުރާނެ ---- ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ހާޒިރުކުރުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު މަރިޔަމް ނިއުޝާ ވިދާޅުވީ މިރޭ ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކޮމިޓީގެ ބައްދަލުވުން އޮތީ މިރޭ 9:00 ގައެވެ.

އަމީން އާންމު ވިދާޅުވީ، އެ ކޮމިޓީއަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުގެ އިސްވެރިން ވަޑައިގަތުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ކުންފުނިތަކުގެ ވެރިން ކޮމިޓީ މެމްބަރުންނާ ބައްދަލުކޮށް ތައާރަފްވުމެވެ.

މިއީ މިގޮތަށް މަޖިލީހުގެ ކޮމިޓީއަކަށް ސަރުކާރުގެ ކުންފުނިތަކުގެ ވެރިން އެއްފަހަރާ ގެންނަ ފުރަތަމަ ފަހަރެވެ. ސްޓޭޓް އޯން އެންޓަޕްރައިސަސް އަކީ އަލަށް އުފެއްދި ކޮމިޓީއެކެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގެ މެމްބަރުން:

  • ހުޅުދޫ ދާއިރާ މެމްބަރު، އިލްޔާސް ލަބީބު (އެމްޑީޕީ) - މުގައްރިރު
  • ފުވައްމުލަކު މެދު ދާއިރާ މެމްބަރު، ހުސައިން މުހައްމަދު ދީދީ (އެމްޑީޕީ) - ނައިބު މުގައްރިރު
  • ހެންވޭރު ދެކުނު ދާއިރާ މެމްބަރު، ހުސައިން ޝަހީމް (އެމްޑީޕީ
  • މާފަންނު މެދު ދާއިރާ މެމްބަރު، އިބްރާޙިމް ރަޝީދު (އެމްޑީޕީ)
  • ދިއްދޫ ދާއިރާ މެމްބަރު، އަބްދުﷲ ވަހީދު (އެމްޑީޕީ)
  • ބިލެތްދޫ ދާއިރާ މެމްބަރު އަހްމަދު ހަލީމް (އެމްޑީޕީ)
  • ތޮއްޑޫ ދާއިރާ މެމްބަރު، ހަސަން ޝީޔާން (އެމްޑީޕީ
  • ކިނބިދޫ ދާއިރާ މެމްބަރު، މުހައްމަދު ނާޝިޒު (އެމްޑީޕީ)
  • ފޭދޫ ދާއިރާ މެމްބަރު، މުހައްމަދު ނާހިދު (އެމްޑީޕީ)
  • އިސްދޫ ދާއިރާ މެމްބަރު، އަލީ ހަމީދު (ޖުމްހޫރީ ޕާޓީ)
  • އޭދަފުށީ ދާއިރާ މެމްބަރު، އަހްމަދު ސަލީމް (ޕީޕީއެމް)
  • ފެލިދޫ ދާއިރާ މެމްބަރު، އިބްރާހިމް ފަޒުލް ރަޝީދު (ޕީއެންސީ)
  • ކާށިދޫ ދާއިރާ މެމްބަރު، އަބްދުﷲ ޖާބިރު (އަމިއްލަ)
comment ކޮމެންޓް