މަޖިލީހުގެ މުވައްޒަފުންނަށް ބިއްލޫރިފުޅި ހަދިޔާކޮށްފި

ބިއްުލޫރި ފުޅިތަށް މަޖިލީހުގެ ރައީސް، މުވައްޒިފުންނާ ހާވަލުކޮށްދެއްވަނީ -- ފޮޓޯ/ މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒިފުންނަށް ބިއްލޫރި ފުޅި ހަދިޔާކޮށްފި އެވެ.

މިއަދު މަޖިލީހުންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު މަރިޔަމް ނިއުޝާ ވިދާޅުވީ، މަޖިލީހުގެ މުވައްޒަފުންނަށް ބިއްލޫރިފުޅި ހަދިޔާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޝޯޝަލް ކުލަބް "ޕޭމާ"ގެ ފަރާތުން ކަމަށެވެ. އެ ކްލަބަކީ މަޖިލީހުގެ މުވައްޒަފުން ދޭ ފައިސާއިން ހިންގާ ކްލަބެކެވެ.

ބިއްލޫރިފުޅިތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު މުވައްޒިފުންނާ ހަވާލުކުރައްވާފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ނިއުޝާ ވިދާޅުވީ، ބިއްލޫރިފުޅިތައް ގަނެފައިވަނީ ޝޯޝަލް ކުލަބަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޝޯޝަލް ކުލަބަކީ އެ މަޖިލީހުގެ މުވައްޒިފުންގެ މައްޗަށް އެކުލެވޭ ކުލަބެކެވެ.

ރައްޔިތުންގެ މަޖިލީހުގައި 149 މުވައްޒިފުން މަސައްކަތް ކުރަމުންގެންދެ އެވެ.

އިދާރީ ހުރިހާ މުވައްޒިފުންނަށް މިއަދު މަޖިލީހުން ބިއްލޫރިފުޅި ހަދިޔާކޮށްފާވާއިރު، މިމަހުގެ 17 ވަނަ ދުވަހު އިއުލާންކޮށްފައި ވަނީ، ތިމާވެއްޓާއި ރައްޓެހިގޮތަކަށް ބިއްލޫރިފުޅީގައި ބޯފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. އެ އިއުލާނުގައިވާ ގޮތުގައި، އަންދާސީ ހިސާބު ހުށަހެޅުން އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ.

comment ކޮމެންޓް