"ޓިޕް ޓިޕް ބަރްސާ ޕާނީ"ގެ އާ ވާޝަނެއް ހަދަނީ

އަކްޝޭ އާއި ކެޓްރީނާ---

އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމު "މޮހޮރާ" ގެ ހިޓް ލަވަ "ޓިޕް ޓިޕް ބަރްސާ ޕާނީ" ގެ އާ ވާޝަން އެއް ހަދަން ނިންމައިފިއެވެ.

ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ"ގައި އެ ލަވައިގެ ރީމޭކް އެއް ހިމެނޭއިރު އެ ލަވައިން ފެނިގެންދާނީ ކެޓްރީނާ ކެއިފް އަދި އަކްޝޭ ކުމާރެވެ.

"މޮހޮރާ" އަކީ 1994 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމެކެވެ.

ބޭރު ހަބަރުތައް ބުނާގޮތުގައި ރޯހިތު މިހާރު އެ ލަވައިގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ލަވައިގެ ރައިޓްސް ހޯދައި ލަވައިގެ އާ ވާޝަނުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް އޭނާ އަންނަނީ ވަމުންނެވެ.

ހައިދަރުއާބާދުގެ ރާމޮޖީގައި ލަވަ ޝޫޓްކުރުމަށް ހަމަޖެހިފައިވާއިރު "ސޫރިޔާވަންޝީ" ސިނަމާތަކަށް އަންނާނީ އަންނަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

comment ކޮމެންޓް