ލޯބިވެރިޔާއަށް އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފި

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް-- ފޮޓޯ: ޔޫއެންޑީޕީ

ލޯބިވެރިޔާއަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ބަޔަކު މާރީމާރީ ހިންގި ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ގޮސް ބެލި އިރު އެއީ ރައްޓެހިވެގެން އުޅުނު ދެމީހުންގެ މެދުގައި ހިނގި ގެވެށިއަނީޔާގެ މައްސަލައެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އަންހެން މީހާގެ އަތާއި ބޮލުން އަނިޔާގެ ނިޝާންތައް ފެންނަން ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައި. ކޯޓުން ވަނީ ފިރިހެން މީހާއަށް 10 ދުވަހުގެ ބަންދު މުއްދަތު ދީފައި،" ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް