މީހަކު ރަހީނު ކުރި މައްސަލައިގައި ފަޒީލުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ގެއްލުނު ޝިމާ ގޮވައިގެން ދިޔަ ޑިންޑީ ދުއްވަން އިން ފަޒީލް: ޝިމާގެ ކޮށްކޮ ގޮވައިގެން ދަނިކޮށް އޭނާގެ އިތުރުން ހައްޔަރު ކުރި ތިން މީހުން މިއަދު ވަނީ ދޫކޮށްލާފައި --

ލ. ފޮނަދޫން ޑިންގީއެއްގައި ދަނިކޮށް އައިމިނަތު ޝިމާ ގެއްލުނު މައްސަލައިގައި ހައްޔަކުރި މުހައްމަދު ފަޒީލްގެ މައްޗަށް އެެހެން މަައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަޒީލްގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ މޭ މަހު ލ. ގަމުގައި 44 އަހަރުގެ މީހަކު ރަހީނު ކުރުމަށްފަހު، އޭނާގެ އަތުން 8،900 ރުފިޔަ ފޭރިގަނެ ދޫކޮށްލުމަށްފަހު އަނެއްކާވެސް ކުރިން ރަހީނު ކުރި މީހާއަށް ބިރު ދެއްކި މައްސަލައިގައި ކަމަށެވެ.

ފަޒީލާއެކު އިތުރު ތިން މީހުންވެސް އޭރު ފުލުހުން ހައްޔަރުކުރިއެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށެވެ.

ފުލުހުން ބުނީ ފަޒީލް ފޭރުނު މީހާ ރަހީނުކޮށް ފައިސާ އަތުލަމަހު ފަހު ދޫކޮށްލީ އިތުރަށް ފައިސާ ދޭން އެއްބަސްކުރުވުމަށް ފަހު ކަމަށެވެ.

މީގެ ކުރިން ވެސް، ފަޒީލް ހައްޔަރުކޮށްފައިވާ އިރު އެފަހަރު ފަޒީލް ހައްޔަރު ކުރީ ގެއްލިފައިވާ ޝިމާގެ، އަންހެން ކޮއްކޮއަކު ގޮވައިގެން ގްރޫޕަކާ އެކު ޑިންގީއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށެވެ. ނަމަވެސް ފަހުން ފުލުހުން އޭނާ ދޫކޮށްލި އެވެ. ފުލުހުން ބުނެފައި ވަނީ އެކަމާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޝިމާޔާއި އެ މީހުން ދަތުރުކުރި ޑިންގީގެ ނިޝާނެއް ވެސް ނުފެންނަ އިރު، ފުލުހުން ބުނެފައި ވަނީ ފަޒީލް ދައްކާ ބައެއް ވާހަކަ ދިމާ ނުވާ ކަމަށެވެ. އެހެން ނަމަވެސް ޝިމާ ގެއްލުވާލީ ފަޒީލް ގަސްތުގައިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް