ޕްރިމިއާ ލީގު ފިކްސްޗާ 2019-2020: ޗެލްސީގެ މެޗު ޝެޑިއުލް

ޗެލްސީގެ ވިންގް ވިލިއަން --- ފޮޓޯ/ ޖޮން ފިޝާ

ނިމިގެން މިދިޔަ ސީޒަނުގެ ޔޯރޮޕާ ލީގު ކާމިޔާބު ކުރި ޗެލްސީއަށް އަންނަ ސީޒަން ފެށުމުގެ ކުރިން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ ޓީމު ވެސް ވަނީ ސީޒަނުގެ ތައްޔާރީތައް ފަށައިފަ އެވެ.

އުމުރުން 18 އަހަރު ނުވާ ކުޅުންތެރިންތަކެއް ގަވާއިދާ ޙިލާފަށް ގަނެ ވިއްކި މައްސަލަތަކެއް ސާބިތުވެ ދެ ސީޒަން ނިމެންދެން އެއްވެސް ކުޅުންތެރިއަކު ނުގަނެވޭނެ ގޮތައް ޗެލްސީއަށް ފީފާއިން ވަނީ އަދަބު ދީފަ އެވެ. ކަން މިހެން އޮތް އިރު އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑެން ހަޒާޑް ވަނީ އެ ޓީމު ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލު ވެފަ އެވެ.

މީގެ އިތުރުން އެ ޓީމުގެ ކޯޗު މޯރީޒިއޯ ސަރީ ވެސް އެ ޓީމު ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް ސަރީ ނެތްތަން ފޫބެއްދުމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ފްރޭންކް ލަމްޕާޑް ޓީމުގެ ކޯޗަކަށް ގެންނަން ޗެލްސީއިން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

ޗެލްސީގެ 2020-2019 ވަނަ އަހަރުގެ ޕްރިމިއާ ލީގު ފިކްސްޗާ:

  • އޮގަސްޓް 11 : މެންޗެސްޓާ ޔުނައިޓެޑް - ޗެލްސީ
  • އޮގަސްޓް 17 : ޗެލްސީ - ލެސްޓާ ސިޓީ
  • އޮގަސްޓް 24 : ނޯވިޗް ސިޓީ - ޗެލްސީ
  • އޮގަސްޓް 31 : ޗެލްސީ - ޝެފީލްޑް ޔުނައިޓެޑް
  • ސެޕްޓެމްބަރު 14 : ވުލްވްސް - ޗެލްސީ
  • ސެޕްޓެމްބަރު 21 : ޗެލްސީ - ލިވަޕޫލް
  • ސެޕްޓެމްބަރު 28 : ޗެލްސީ - ބްރައިޓޮން
  • އޮކްޓޯބަރު 5 : ސައުތަމްޓޮން - ޗެލްސީ
  • އޮކްޓޯބަރު 19 : ޗެލްސީ - ނިއުކާސަލް ޔުނައިޓެޑް
  • އޮކްޓޯބަރު 26 : ބާންލީ - ޗެލްސީ
  • ނޮވެމްބަރު 2 : ވަޓްފޯޑް - ޗެލްސީ
  • ނޮވެމްބަރު 9 : ޗެލްސީ - ކުރިސްޓަލް ޕެލަސް
  • ނޮވެމްބަރު 23 : މެންޗެސްޓާ ސިޓީ - ޗެލްސީ
  • ނޮވެމްބަރު 30 : ޗެލްސީ - ވެސްޓް ހަމް
  • ޑިސެމްބަރު 4 : ޗެލްސީ - އެސްޓޮން ވިލާ
  • ޑިސެމްބަރު 7 : އެވަޓޮން - ޗެލްސީ
  • ޑިސެމްބަރު 14 : ޗެލްސީ - ބޯންމައުތް
  • ޑިސެމްބަރު 21 : ޓޮޓެންހަމް - ޗެލްސީ
  • ޑިސެމްބަރު 26 : ޗެލްސީ - ސައުތަމްޓޮން
  • ޑިސެމްބަރު 28 : އާސެނަލް - ޗެލްސީ
  • ޖެނުވަރީ 1 : ބްރައިޓޮން - ޗެލްސީ
  • ޖެނުވަރީ 11 : ޗެލްސީ - ބާންލީ
  • ޖެނުވަރީ 18 : ނިއުކާސަލް ޔުނައިޓެޑް - ޗެލްސީ
  • ޖެނުވަރީ 22 : ޗެލްސީ - އާސެނަލް
  • ފެބްރުއަރީ 1 : ލެސްޓާ ސިޓީ - ޗެލްސީ
  • ފެބްރުއަރީ 8 : ޗެލްސީ - މެންޗެސްޓާ ޔުނައިޓެޑް
  • ފެބްރުއަރީ 22 : ޗެލްސީ - ޓޮޓެންހަމް
  • ފެބްރުއަރީ 29 : ބޯނަމައުތު - ޗެލްސީ
  • މާރޗް 7 : ޗެލްސީ - އެވަޓޮން
  • މާރޗް 14 : އެސްޓޮން ވިލާ - ޗެލްސީ
  • މާރޗް 21 : ޗެލްސީ - މެންޗެސްޓާ ސިޓީ
  • އޭޕްރިލް 4 : ވެސްޓަ ހާމް - ޗެލްސީ
  • އޭޕްރިލް 11 : ޗެލްސީ - ވެޓްފޯޑް
  • އޭޕްރިލް 18 : ކުރިސްޓަލް ޕެލަސް - ޗެލްސީ
  • އޭޕްރިލް 25 : ޝެފީލްޑް ޔުނައިޓެޑް - ޗެލްސީ
  • މޭ 2 : ޗެލްސީ - ނޯވިޗް ސިޓީ
  • މޭ 9 : ލިވަޕޫލް - ޗެލްސީ
  • މޭ 17 : ޗެލްސީ - ވުލްވްސް
comment ކޮމެންޓް