ޕްރިމިއާ ލީގު ފިކްސްޗާ 2020-2019: ސިޓީގެ މެޗު ޝެޑިއުލް

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ހޯދުމަށްފަހު ތަށި އުފުލާލަނީ --- ފޮޓޯ/ ޖޭމީ ސްމިތް

ޖެހި ޖެހިގެން ދެވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ހޯދައި ކާމިޔާބު ސީޒަނެއް ނިންމާލުމަށް ފަހު މެންޗެސްޓާ ސިޓީއިން ކުރިއަށް އޮތް ސީޒަނުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ.

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މެޗުތައް ނިންމުމަށް ފަހު ކުޅުންތެރިން އެނބުރި ޓީމާއި ގުޅޭ އިރު ޓްރާންސްފާ މާކެޓު ވެސް ވަނީ ވަރަށް ބޮޑަށް ހަލަބޮލި ވެފަ އެވެ. އެގޮތުން ސިޓީއިން ވެސް މި ޓްރާންސްފާ މާކެޓުގައި ކުޅުންތެރިންތަކެއް ގަންނާނެ ކަމަށް ބެލެވިފައިވާ އިރު އެ ޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ވަނީ މި ނިމުނު ސީޒަނުގައި އެ ޓީމު ދޫކޮށްލާފަ އެވެ.

އިނގިރޭސި ވިލާތުގެ ޑޮމެސްޓިކް ޓްރެބަލް ކާމިޔާބު ކުރުމަށް ފަހު ސިޓީ އިން އެ ޓީމުގެ ފެންވަރު މިދިޔަ ސީޒަނުގައި ދެއްކި އިރު، ކުރިއަށް އޮތް ސީޒަނުގައި ވެސް އެފަދަ ކުޅުމެއް އެ ޓީމުގެ ފަރާތުން ފެނުމަކީ އެ ޓީމަށް ސަޕޯޓް ކުރާ ގިނަ ބައެއްގެ އެދުމެކެވެ. ސިޓީއިން ވަނީ މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 14 މެޗުން ވެސް މޮޅުވެފަ އެވެ.

ސިޓީގެ 2020-2019 ވަނަ އަހަރުގެ ޕްރިމިއާ ލީގު ފިކްސްޗާ:

އޮގަސްޓް 10 : ވެސްޓް ހަމް ޔުނައިޓެޑް - މެންޗެސްޓާ ސިޓީ

އޮގަސްޓް 17 : މެންޗެސްޓާ ސިޓީ - ޓޮޓެންހަމް

އޮގަސްޓް 24 : ބޯންމައުތް - މެންޗެސްޓާ ސިޓީ

އޮގަސްޓް 31 : މެންޗެސްޓާ ސިޓީ - ބްރައިޓޮން

ސެޕްޓެމްބަރު 14 : ނޯވިޗް ސިޓީ - މެންޗެސްޓާ ސިޓީ

ސެޕްޓެމްބަރު 21 : މެންޗެސްޓާ ސިޓީ - ވެޓްފޯޑް

ސެޕްޓެމްބަރު 28 : އެވަޓަން - މެންޗެސްޓާ ސިޓީ

އޮކްޓޯބަރު 5 : މެންޗެސްޓާ ސިޓީ - ވުލްވްސް

އޮކްޓޯބަރު 19 : ކުރިސްޓަލް ޕެލަސް - މެންޗެސްޓާ ސިޓީ

އޮކްޓޯބަރު 26 : މެންޗެސްޓާ ސިޓީ - އެސްޓޮން ވިލާ

ނޮވެމްބަރު 2 : މެންޗެސްޓާ ސިޓީ - ސައުޓަންމްޓޮން

ނޮވެމްބަރު 9 : ލިވަޕޫލް - މެންޗެސްޓާ ސިޓީ

ނޮވެމްބަރު 23 : މެންޗެސްޓާ ސިޓީ - ޗެލްސީ

ނޮވެމްބަރު 30 : ނިއުކާސަލް ޔުނައިޓެޑް - މެންޗެސްޓާ ސިޓީ

ޑިސެމްބަރު 3 : ބާންލީ - މެންޗެސްޓާ ސިޓީ

ޑިސެމްބަރު 7 : މެންޗެސްޓާ ސިޓީ - މެންޗެސްޓާ ޔުނައިޓެޑް

ޑިސެމްބަރު 14 : އާސެނަލް - މެންޗެސްޓާ ސިޓީ

ޑިސެމްބަރު 21 : މެންޗެސްޓާ ސިޓީ - ލެއިސްޓާ ސިޓީ

ޑިސެމްބަރު 26 : ވުލްވްސް - މެންޗެސްޓާ ސިޓީ

ޑިސެމްބަރު 28 : މެންޗެސްޓާ ސިޓީ - ޝެފީލްޑް ޔުނައިޓެޑް

ޖެނުވަރީ 1 : މެންޗެސްޓާ ސިޓީ - އެވަޓަން

ޖެނުވަރީ 11 : އެސްޓޮން ވިލާ - މެންޗެސްޓާ ސިޓީ

ޖެނުވަރީ 18 : މެންޗެސްޓާ ސިޓީ - ކުރިސްޓަލް ޕެލަސް

ޖެނުވަރީ 21 : ޝެފީލްޑް ޔުނައިޓެޑް - މެންޗެސްޓާ ސިޓީ

ފެބްރުއަރީ 1 : ޓޮޓެންހަމް - މެންޗެސްޓާ ސިޓީ

ފެބްރުއަރީ 8 : މެންޗެސްޓާ ސިޓީ - ވެސްޓް ހަމް

ފެބްރުއަރީ 22 : ލެއިސްޓާ ސިޓީ - މެންޗެސްޓާ ސިޓީ

ފެބްރުއަރީ 29 : މެންޗެސްޓާ ސިޓީ - އާސެނަލް

މާރޗް 7 : މެންޗެސްޓާ ޔުނައިޓެޑް - މެންޗެސްޓާ ސިޓީ

މާރޗް 14 : މެންޗެސްޓާ ސިޓީ - ބާންލީ

މާރޗް 21 : ޗެލްސީ - މެންޗެސްޓާ ސިޓީ

އޭޕްރިލް 4 : މެންޗެސްޓާ ސިޓީ - ލިވަޕޫލް

އޭޕްރިލް 11 : ސައުތަމްޓޮން - މެންޗެސްޓާ ސިޓީ

އޭޕްރިލް 18 : މެންޗެސްޓާ ސިޓީ - ނިއުކާސަލް ޔުނައިޓެޑް

އޭޕްރިލް 25 : ބްރައިޓޮން - މެންޗެސްޓާ ސިޓީ

މޭ 2 : މެންޗެސްޓާ ސިޓީ - ބޯންމައުޓް

މޭ 9 : ވެޓްފޯޑް - މެންޗެސްޓާ ސިޓީ

މޭ 17 : މެންޗެސްޓާ ސިޓީ - ނޯވިޗް ސިޓީ

comment ކޮމެންޓް