ލަލީޒާސް މޯލްޑިވްސްގެ ވެބްސައިޓް ލޯންޗްކޮށްފި

ލަލީޒާސް މޯލްޑިވްސް... ފޮޓޯ/ފޭސްބުކް

ބައިނަލްއަގުވާމީ މެރިން ސޭފްޓީ އިކުއިޕްމަންޓް ފްރެންޗައިޒް "ލަލީޒާސް"އިން ރާއްޖޭގައި ހިންގާ ލަލީޒާސް މޯލްޑިވްސްގެ ވެބްސައިޓު މިއަދު ލޯންޗުކޮށްފިއެވެ.

ލަލީޒާސްއަކީ މެރިން ސޭފްޓީއާ ގުޅޭ އުފެއްދުންތައް އުފައްދާ ކުންފުނިތަކެއް އެކުލެވޭ ގްރޫޕެކެވެ. މި ގްރޫޕުގެ ދަށުން ތަފާތު ފަސް ބައިނަލްއަގުވާމީ ބްރޭންޑެއް ގެންގުޅެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލަލީޒާސް، ލޮފްރާންސް، މެކްސް ޕަވާ، ނުއޯވާ ރޭޑޤ އަދި އޯޝަންއެވެ.

ލަލީޒާސް މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލަލީޒާސް މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް ކަސްޓަމަރުންނަށް ލުއި ފަސޭހަކަމާއެކު ހުރިހާ ޕްރޮޑަކްޓެއް ބަލައި، އަދި ވިޔަފާރިވެސް ކުރެވޭނެ ކަމަށެވެ.

އަދި ވެބްސައިޓުގައު ލައިވް ޗެޓު ފީޗާއެއް ވެސް ހިމެނޭ އިރު، އެ ފީޗާ މެދުވެރިކޮށް ލަލީޒާސްގެ މުވައްޒަފަކާއެކު ފަސޭހައިން ވާހަކަދައްކައި، މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

ލަލީޒާސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ ވިދާޅުވީ މި ވެބްސައިޓްގެ މަގްސަދަކީ ލަލީޒާސްއިން ލިބެން ހުންނަ ހުރިހާ ޕްރޮޑަކްޓްސް އެއްވެސް ފަސޭހަކަމާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް ލިބެން ހުންނާނެ މަގު ފަހިކޮށްދިނުން ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ކުންފުނިން ފަސް ބްރޭންޑުގެ 10،000 އަށް ވުރެ ގިނަ ޕްރޮޑަކްޓްސްް ލިބެން ހުންނާނެ ކަމުގައެވެ.

"ފަސް ބްރޭންޑުން 10،000 ވުރެ ގިނަ ޕްރޮޑަކްޓްސް ކުންފުނީގެ އިންވެންޓަރީގައި ހުންނާނެ. ޝޯރޫމް ހުއްޓަސް ބައެއްފަހަރު ބޭނުންވާ ތަކެތި އެތަނުން ނުފެނިި ދާފަހަރު ފަހަރު އާދޭ،" ކަންޓްރީ މެނޭޖަރު ވިދާޅުވިއެވެ.

ލަލީޒާސް މޯލްޑިވްސްގެ ޕްރޮޑަކްޓްތަށް ރާއްޖޭގެ މަޝްހޫރު ފިހާރަތަށް ކަމަށްވާ އަލްބާ އިންޓާނޭޝަނަލް، މެރިން ގްރޭޑް، މެރިން އިކުއިޕްމެންޓް، ހުންގާނު އަދި ސަމުގާ ގެ އައުޓްލެޓްސް ތަކުން ލިބެން ހުންނާނެއެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލަލީޒާސް މޯލްޑިވްސްއިން ވަނީ ފެންވަރު ރަނގަޅު ގިނަ ޕްރޮޑަކްޓްތަކެއް ރާއްޖޭގެ މާކެޓަށް ނެރެދީފައެވެ.

އޭގެ ތެރޭގައި ނެވިގޭޝަން ލައިޓްސް، އެމްއޯބީ ޑިވައިސް، ލައިފް ޖެކެޓު، މެރިން ޕްލާސްޓިކް އިކުއިޕްމެންޓް، ފިއުލް ޓޭންކު، ޑޮކް ފެންޑާސް، ބޮއީ، ވާވެލާވެލި އަދި އެކި ޒާތުގެ ސާމާނު ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް