އުރީދޫއިން ރޯދަ މަހު ސީއެސްއާރުގެ ގިނަ ހަރަކާތްތަކެއް ހިންގައި ނަމޫނާ ދައްކައިފި

އުރީދޫ އިން ރޯދަމަހު ކުރިއަށް ގެންދިޔަ ހަރަކާތެެއް --- ފޮޓޯ: އުރީދޫ

ނިމިގެންދިޔަ ރަމަޟާން މަހުގެ ތެރޭގައި އުރީދޫ ގްރޫޕުން ސީއެސްއާރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އުރީދޫ އިން ބުނީ އެކުންފުނިން ހަރަކާތްތެރިވާ ގައުމުތަކުގައި މުޖުތަމައަށް ފައިދާ ހުރި ގިނަ ހަރަކާތްތައް ކުރިއަށް ގެންދެވުނު ކަމަށެވެ. މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގައި މި ހަރަކާތްތައް ކުރިއަށްގެންދިޔަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ އިން ވަނީ ރަމަޟާން ކެމްޕެއިނުގެ ދަށުން ރޯދަމަހާ ގުޅޭ އިޝްތިހާރުތައް އިންޓަނެޓުގައި އާންމު ކޮށްފައެވެ. މި އިޝްތިހާރަކީ ގުޅުން ބަދަހިކުރުމުގެ ވާހަކަ ކިޔައިދޭ އިޝްރިހާރުތަކެކެވެ.

އުރީދޫ ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް ސައުދު ވިން ނަސީރު އައްޘާނީ ވިދާޅުވީ ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަލަރު ކަމަށާއި އެއީ ކަސްޓަމަރުންނަށްވެސް ލުއިފަސޭހަ ކޮށްދިނުމުގެ މައްސަރުކަމަށްވެސް ވުމުން އުރީދޫ އިން ރޯދަމަހުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ މުޖުތަމައަށް ފައިދާކުރާނެ ގޮތަށް ކަމަށެވެ.

ރޯދަ ހަރަކާތްތަކުގެ ތެރެއިން އުރީދޫ އިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް ބަލިމީހުންނަށް ހަދިޔާ ބެހުމާއި، ރޯދަ ވީއްލުން ބެހުން، ދޮށީ އުމުރުގެ މީހުންނަށް ގިފްޓް ބޮކްސް އަދި ރޯދަ ވީއްލުން ބެހުން ފަދަ ހަރަކާތްތައް ހިމެނެއެވެ

އުރީދޫ އިން ވަނީ ރާއްޖޭގައި ވެސް ރޯދަ މަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް ރޯއްދަވީއްލުމެއް ދިނުމާއި އޯދަ ވީއްލާ ވަގުތަށް ގެއަށް ނުދެވި މަގުމަތީ އުޅޭ މީހުންނަށް ރޯދަވިއްލާނެ ތަކެތި ބެހުން އަދި ރާއްޖޭގައި އުޅޭ ބިދޭސިންނަށް ރޯދަ ވީއްލުމެއް ދިނުން ފަދަ ހަރަކާތްތައް ހިމެނެއެވެ.

އުރީދޫ އޮމާނުން ވެސް ވަނީ އެގައުމުގެ 11 ސަރަހައްދެއްގައި ކޮމިޔުނިޓީ ޕްރޮޖެކްޓުތައް ހިންގައިފައެވެ. އުރީދޫ ފަލަސްތީނުން ވަނީ ހިޔުމެނިޓޭރިއަން އޯގަނައިޒޭޝަންތަކާއެކު އެގައުމުގައި ތިބި ޔަތީމުންނާއި ދޮށީ އުމުރުގެ މީހުން އަދި ކުޑަކުދިންނަށް އެހީވެފައެވެ.

އުރީދޫ ގްރޫޕުން ވަނީ އެ ގުރޫޕުގެ ދަށުން އެކި ގައުމުތަކުގައި ހިންގާ ކުންފުނިތަކުން ރޯދަމަހު ކުރިއަށްގެންދިޔަ ހަރަކާތްތައް ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

comment ކޮމެންޓް