ކާޑެއްދޫ އެއާޕޯޓު ފަޔާ ލޮރީއަަށް މައްސަލަ ދިމާވެ، އޮޕަރޭޝަންތައް މެދުކަނޑާލައިފި

ކާޑެއްދޫ އެއާޕޯޓު: އެއާޕޯޓުގެ ދަތުރުތައް ވަނީ މެދުކަނޑާލައިފައި -- ފައިލް ފޮޓޯ

ގދ. ކާޑެއްދޫ އެއާޕޯޓު އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަޑާލައިފި އެވެ.

ސަލާމަތީގޮތުން ކަންކަން ފުރިހަމަ ނުވާތީ ފުލައިޓުތައް މެދުކަނޑާ މިއަދު މެންދުރު 1:00 ގައެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު "ސަން" އަށް ވިދާޅުވީ، އެއާޕޯޓުގައި މެދުކަނޑާލީ ފުލައިޓް އޮޕަރޭޝަންތައް އެކަނި ކަަމަށާއި އެހެން ހުރިހާ ހިދުމަތްތަކެއް ދެމުން ގެންދާ ކަމަށެވެ.

"ފަޔާ ލޮރީއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުލައިޓް އޮޕަރޭޝަންތައްވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައި،" ސާމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި، މިހާރު އެ މައްސަލަ ހައްލު ކުރަމުންދާ ކަމަށާއި ދެ ގަޑިއިރެއްހާރުތެރޭ މައްސަލަ ހައްލުކޮށް އަލުން ފުލައިޓް އޮޕަރޭޝަންތައް ފެށޭނެ ކަމަށް ސާމި ވިދާޅުވި އެވެ.

ހުވަދުއަތޮޅުގެ ފުރަމަ އެއާޕޯޓު، ކާޑެއްދޫ އެއާޕޯޓު ހިންގުމަށް 2013 ވަނަ އަހަރު ވިލާ ކުންފުންޏާ 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް 2017 ވަނަ އަހަރު އެ އެއާޕޯޓު ވަނީ ސަރުކާރަށް ނަގައިފަ އެވެ.

comment ކޮމެންޓް