ދައުވަތު: މިއީ ހަގީގީ ހާދިސާއެއް

ދައުވަތުގެ ޕޯސްޓަރެއް--

"ދައުވަތު" މާދަމާރޭ އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާއިރު އެ ފިލްމަކީ އެހެން ފިލްމުތަކާ ހިލާފަށް ތަފާތު ފިލްމެއް ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

"ދައުވަތު" އަކީ ޔޫސުފް ޝަފީއު ޑައިރެކްޓްކޮށް މަރިޔަމް އައްޒަ ލީޑް ރޯލު ކުޅޭ ބިރުވެރި ފިލްމެކެވެ.

އެ ފިލްމަކީ ރާއްޖޭގެ ދެކުނުގެ ހިސާބެއްގައި ދިރިއުޅުނު އާއިލާއަކަށް ދިމާވެފައިވާ ކަންތައްތަކެއްގެ އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ހަގީގީ ފިލްމެކެވެ.

ދެމަފިރިއަކަށް ދިމާވި ހިތްދަތި ހާދިސާއެކެވެ.

ވީމިޑިއާގެ ފުރަތަމަ ފިލްމު "ދައުވަތު" އަކީ އަހަރު ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސްދޭ ތިން ވަނަ ފިލްމެވެ.

"ދައުވަތު"ގައި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ކުރިއަރަމުން އަންނަ ބަތަލާ އިރްފާނާ އިބްރާހީމް (އިރޫ)ވެސް ފެނިގެންދާނެ އެވެ.

ފިލްމުގައި ދައްކުވައިދެނީ އަލަށް ކައިވެނި ކުރެވުނު ދެމަފިރިއަކު "ހަނީމޫނަށް" ރަށަކަށް ގޮސް އެ މީހުންނަށް ކުރިމަތިވާ ކަންތައްތަކެކެވެ. ހާދިސާގެ ފެށުމަކީ ސިހުރެވެ.

ޔޫއްޕެ ބުނީ އެ ފިލްމަކީ އޭނާ ޑައިރެކްޓްކުރި ފިލްމުތަކާ ވަރަށް ތަފާތު ފިލްމެއް ކަމަށެވެ. އަދި ހަގީގަތާ ވީހާވެސް ގުޅުވާ ފިލްމުގައި މަންޒަރުތައް ގެނެސްދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.

"މީހުންގެ ދިރިއުޅުިމަށް ކުރިމަތިވާ ކަމެއް މިއީ. އެ މީހުން ތަހައްމަލުކުރަންޖެހޭ ވޭން ދައްކުވައިދޭނެ. އިބްރަތުން ފުރިގެންވާ ފިލްމެއް،"

ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ބ ދަރަވަންދޫގަ އެވެ. ފިލްމުގެ ޓީޒާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިރު ޓިޒާއިން ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ބިރުވެރި މަންޒަރުތައް ފެނިގެން ގޮސްފައިވެ އެވެ.

comment ކޮމެންޓް