ހުޅުމާލެ ފަޅުތެރޭ އޮތް ކަންނެލި ދޯންޏެއް އަޑިއަށްގޮސްފި

ހުޅުމާލެ ފަޅުތެރޭ އޮތް ކަންނެލި ދޯންޏެއް އަޑިއަށްގޮސްފައި--- ފޮޓޯ: އެމއެންޑީއެފް

ހުޅުމާލެ ފަޅުތެރޭ އަޅައިފައި އޮތް ކަންނެލި ދޯންޏެއް އަޑިއަށްގޮސްފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި އަޑިއަށް ގޮސްފައިވަނީ "ކުރި" ނަމަކަށް ކިޔާ 75 ފޫޓްގެ ކަންނެލި ދޯންޏެއް ކަމަށެވެ.

އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިރޭ 10:00 ގައި ކަަމަށާއި ދޯނި އަޑިއަށް ގޮސްފައިވަނީ ދިޔެވެގެން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދޯނީގެ ވެރިފަރާތުން ކެރޭނެއް ބޭނުންކޮށްގެން ދޯނި އުފުލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ކޯސްޓްގާޑުންވެސް ޕަމްޕް ޖަހައިގެން ދިޔަހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

އެ ހާދިސާގެ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ނުދެއެވެ.

comment ކޮމެންޓް