އުރީދޫ ބަދިގެ ނިންމާލާ ރެސިޕީއަކަށް ކްރީމީ މާރީ ޕުޑިން

އުރީދޫ ބަދިގޭގެ އެންމެހާ ކިޔުންތެރިންނާއި ބެލުންތެރިންނަށް އީދު މުބާރިކެވެ. މި ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް މުޅިން ތަފާތު އާ ރެސިޕީއަކާއި އެކު ބައްދަލުކޮށްލެވުނުއިރު، މިއަދު މި ގެނެސްދެވެނީ މި އަހަރު މި ބަދިގެއިން ފެންނާނެ އެންމެ ފަހު ރެސިޕީއެވެ. މިއަދުގެ ރެސިޕީ ތައްޔާރުކޮށްދެނީވެސް ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯގެ ފަރާތުންނެވެ.

ޓައިޑްސް އިން މިއަދު މި ގެނެސްދޭ ރެސިޕީއަކީ މި ރެސްޓޯރެންޓަށް ދާ ފަރާތްތަކަށް ގައިމުވެސް އާ އެއްޗަކަށް ނުވާނެއެވެ. މިއީ ގިނަބަޔެއްގެ "ފޭވަރިޓެއް" ކަމުގައިވާ ކްރީމީ މާރީ ޕުޑިންއެވެ.

ބޭނުންވާ ތަކެތި

  • މާރީ ބިސްކޯދު
  • 100 އެމްއެލް ކުކިންގް ކްރީމް
  • 40 އެމްއެލް ގެރިކިރު
  • ކޮށާފައިވާ ފްރެޝް ފްރުޓް ނުވަތަ ފްރުޓް ކޮކްޓެއިލް ދަޅު

ތައްޔާރުކުރާނެ ގޮތް

ކުކިންގް ކްރީމް ހޫނުކުރަންފަށާ ބޮކިއަރަން ފެށުމުން ގެރިކިރު އަޅާ ރަނގަޅަށް ވިސްކް ކޮށްލާށެވެ. އުނދުންމަތިން ނަގާ ދެތިން މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ޓްރޭއެއްގައި ބިސްކޯދާއި ފްރުޓް ކޮކްޓެއިލް އަދި ކްރީމް މިކްސް ލޭޔާރ ކުރަމުންދާށެވެ. ސާވްކުރުމުގެ ކުރިންމަދުވެގެން 30 މިނިޓް ފިނިކޮށްލާށެވެ.

އުރީދޫ ބަދިގޭގެ ޓައިޓަލް ސްޕޮންސާއަކީ އުރީދޫ މޯލްޑިވެސް އެވެ. އަދި ލޮކޭޝަން ޕާޓްނާރ އަކީ ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ އެވެ.

އުރީދޫ ބަދިގޭގެ ވީޑިއޯ އަދި އެޑިޓިން ޓީމްގައި ހަރަކާތްތެރިވީ ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު އަދި މުސްތަފާ މުހައްމަދުއެވެ. އަދި މާކެޓިން ޓީމްގައި ބައިވެރިވީ އަހްމަދު މުސްލިމް އާއި ފިރާޝާ މުހައްމަދެވެ.

comment ކޮމެންޓް