އުރީދޫން ޢީދު ހަދިޔާއާއި ސައި ބަހައިފި

އުރީދޫން ޢީދު ހަދިޔާ ބަހަނީ -- ފޮޓޯ/ އުރީދޫ

އުރީދޫން މިއަދު ފިތުރު ޢީދު ނަމާދަށް ފަހު މާލެއާއި ހުޅުމާލޭގައި ޢީދު ހަދިޔާއާއި ސައި ބަހައިފިއެވެ.

އުރީދޫން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޢީދު ދުވަހުގެ ހެނދުނަށް ޚާއްސަ ކަމެއް ގެނެސްދިނުމުގެ ގޮތުންނެވެ.

އުރީދޫން އީދު ހަދިޔާ ބަހަނީ: މި ހަރަކާތް މާލެއާއި ހުޅުމާލޭގައި ވެސް ކުރިއަށް ގެންދިޔަ -- ފޮޓޯ/ އުރީދޫ

އެ ކުންފުނިން ބުނީ، މި ހަރަކާތް މާލެއާއި ހުޅުމާލޭގައި ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ގޮތުން، ހުޅުމާލެގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ގްރޭންޑް މިސްކިތް ކައިރީގައެވެ.

އުރީދޫން ޢީދު ހަދިޔާ ބަހަނީ -- ފޮޓޯ/ އުރީދޫ

މާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އުރީދޫ ކްލަބް ޕްރިމިއާ ލައުންޖް ހުންނަ ދިމާލުގައި ސަލްމާން މިސްކިތް ކައިރީގައެވެ.

އުރީދޫން ޢީދު ސައި ބެހުން: މި ހަރަކާތް މާލެއާއި ހުޅުމާލޭގައި ވެސް ކުރިއަށް ގެންދިޔަ -- ފޮޓޯ/ އުރީދޫ

މި ހަރަކާތުގައި އުރީދޫއާ އެކު އެ ކުންފުނީގެ އެމްބެސެޑަރުން ކަމަށްވާ ހަބޭސް ބޮޑުބެރު ގްރޫޕުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

އުރީދޫން އަބަދު ވެސް ޚާއްސަ ދުވަސްތަކާ ގުޅުވައި ޚާއްސަ ޕްރޮމޯޝަންތަކާއި ހަދިޔާތައް ދޫކުރެއެވެ. އެ ގޮތުން، މި ރޯދަ މަހު ވެސް ކަރާ ފަޅާލައިގެން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ތަނަވަސްކޮށްދިނެވެ.

comment ކޮމެންޓް