ގެސްޓް ހައުސްއެއްގައި ޒުވާނަކު މަރުވި މައްސަލައެއް ބަލަނީ

ފުލުހުންގެ ހެޑް ކުއާޓާސް ޝަހީދު ހުސައިން އާދަމް ބިލްޑިން: ގެސްޓް ހައުސްއެއްގައި ޒުވާނަކު މަރުވި މައްސަލައެއް ބަލަނީ ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭގެ ގެސްޓް ހައުސްއެއްގައި ޒުވާނަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ، ރޭ ފަތިހު. 4:30 އެހާކަށް ހާއިރު އެވެ.

ފުލުހުން މިއަދު ބުނީ، ރޭ ފަތިހު، މ. ވިކްޓޯރިއާ ހައުސް ގެސްޓްހައުސްގައި އޮތް 24 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެނާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަކުން ބުނެފައިވާ ކަމަށެވެ.

"މި ކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ދަނީ [މި މައްސަލަ] ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

comment ކޮމެންޓް