މަޖިލިސް ގަވައިދަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ގަވައިދު ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިއްޔެ ފަށާފައިވާއިރު މަޖިލީހުގެ ގަވައިދު އެކުލަވާލަން އިއްޔެ ވަނީ 11 މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާފަ އެވެ. މިއަދު އެކޮމިޓީގެ ބައްދަލުވުމެއްވެސް ބޭއްވި އެވެ.

މަޖިލިސް ގަވައިދު އިސްލާހުކުރަން އެކުލަވާލި ކޮމިޓީގެ މުގައްރިރު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ މަޖިލިސް ގަވައިދަށް އާންމު ރައްޔިތުންގެ ހިޔާލު ހުށަހެޅުމަށް ފެށޭ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ސިޔާސީ ޕާޓީތަކަށްވެސް އެންޖީއޯ ތަކަށްވެސް ހިޔާލު ހުށަހެޅޭނެ." ޝަރީފު ވިދާޅުވި އެވެ.

މިއަދު ގަވައިދު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަޖިލިސް މައްސަލަތަކާއި ބިލުތަކުގައި ބަހުސްތަކުގެ ވަގުތު ހަތަރު ގަޑި އިރަށް ދިގު ކުރުމަށް މަޖިލިސް ގަވައިދަށް އިސްލާހު ގެނެއުމަށް ވަނީ ފާސްކޮށްފަ އެވެ.

ގަވައިދު އެކުލަވާލާ ކޮމިޓީގެ މެމްބަރުން

  • މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
  • ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
  • ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
  • ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
  • ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  • ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
  • ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުއްލްޣަފޫރު މޫސާ
comment ކޮމެންޓް