ކުޑަކުދިންނާ ބެހުނު މީހާގެ ބަންދުގެ މުއްދަތު 12 ދުވަހަށް ޖަހައިފި

ކުޑަކުދިންނާ ބެހުނުކަމަށް ބުނާ މީހާ ގަން ހިންގާފައި ގެންދަނީ--- ފޮޓޯ: މީސް މީޑިއާ

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 01:00 އެހާކަންއިރު ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވިފައިވާ މީހާގެ ބަންދުގެ މުައްދަތަށް 12 ދުވަސް ޖަހައިދީފި އެވެ.

ކުޑަކުދިންނާ ބެހުނުކަމަށް ބުނާ މީހާ ރޭ ދަންވަރު 2:48ގައި ހުޅުމާލެ އިން ކޯޓު އަމުރެއްގެ ދަށުން ކަމަށް ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަ ކުދިންނާ ބެހުނު މީހާ ހިފަހައްޓައި ރައްޔިތުންގެ ތެރެއިން ބަޔަކު ރޭ ވަނީ އެމީހާ ގަން ހިންގުވައިފަ އެވެ. އަދި ކުޑަކުދިންނާ ބެހުނު ކަމަށް އެމީހާ އިއުތިރާފުވާ ވީޑިއޯ އެއްވެސް ވަނީ އާންމުވެފަ އެވެ.

ހަ އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ އަނިޔާ ލިބިގެން އެ ދެކުދިންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ވެސް ދީފަ އެވެ.

ކުޑަކުއްޖަކާ ބެހުނު މައްސަލަ ފެންމަތިވި އިރު ދާދި ފަހުން ވަނީ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކާ ބެހުނު ކަމުގެ ތުުހުމަތުގައި 71 އަހަރުގެ މީހާ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި އެ އަންހެން ކުއްޖާގެ އަންހެން 13 އަހަރާއި 16 އަހަރުގެ ދެ ބޭބެއަށް ވެސް އޭނާއާ ބެެހޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް