އީދު ހަރަކާތްތައް ހިއްސާކޮށްގެން ބީއެމްއެލްގެ ގިފްޓް ކާޑެއް

ކުރިއަށް އޮތް ފިތުރު އީދުގެ ހަރަކާތްތައް ސޯޝަލް މީޑިއާގައި ޝެއާކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ބެންކުން ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ އީދު ހަރަކާތްތަކުގެ ތެރެއިން ރައްޓެހިންނާއި އާއިލާ އާއެކު ހޭދަކުރާ ވަގުތުތަކުގެ ފޮޓޯ ހިއްސާކުރާއިރު #އީދުކިހިނެއް (#eidkihineh) މި ހޭޝްޓެގް ޓެގް ކޮށްފައި ޕޯސްޓުކުރާ ފޮޓޯތަކުގެ ތެރެއިން ތިން ފޮޓޯ އެއް ހޮވާނެ ކަމަށެވެ.

މި ތިން ފޮޓޯ ޕޯސްޓު ކުރާ ފަރާތްތަކަށް ބީއެމްއެލްގެ ފަރާތުން 5000 ރުފިޔާގެ ގިފްޓް ކާޑެއް ދޭނެއެވެ.

ފޮޓޯ ކޮމްޕެޓިޝަންގައި ބައިވެރިވުމަށް ފޮޓޯ ޕޯސްޓު ކުރުމުގެ ފުރުސަތު ޖޫން ހަތަރަކުން ހަޔަކަށް އޮންނާނެއެވެ. ނަސީބުވެރިން ހޮވާނީ ޖޫން ނުވަޔަކު އެވެ.

comment ކޮމެންޓް