ހުޅުމާލޭ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިތިބި ބަލިމީހުންނަށް ލިންކް ސާވުން ޒިޔާރަތްކޮށްފި އެވެ.
ލިންކް ސާވުން މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެތަނުގައި އެނދުމަތިކޮށްފައި ތިބި ބަލިމީހުންނަށް ވަނީ ގިފްޓް ޕެކެއް ދީފަ އެވެ.
މިއީ ރަމަޟާން މަހާ ގުޅުވައިގެން އެ ކުންފުނިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

"ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ޕޭޝަންޓުންގެ ހާލު އަހުވާލު ބަލާލައި، އެމީހުންނަށް ކުޑަ ގިފްޓު ޕެކެއް އަޅުގަނޑުމެން ހަދިޔާ ކުރީ. ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއް އެއީ" ލިންކް ސާވުން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތާ ގުޅޭގޮތުން ލިންކް ސާވުން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި އެދުވަހު އެނދުމަތިކޮށްފައިތިިބި 17 މީހެއްގެ އިތުރުން އެމަޖެންސީގައި އެނދުމަތިކޮށްފައި ތިބި މީހުންނަށް ޒިޔާރަތްކޮށް ހާލު ބަލައި، ކޮންމެ ބަލިމީހަކަށް ގިފްޓް ޕެކެއް ދީފައިވާ ކަމަށެވެ.

އެކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތް ހދ، ކުޅުދުއްފުށީގައިވެސް ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.
ލިންކް ސާވްގެ ފިހާރަތައް މާލެ އާއި ހުޅުމާލެ އަދި ކުޅުދުއްފުއްޓާއި އައްޑޫގައި ހިންގަ އެވެ.