މޫދު މަދިރީގެ ތިންވަނަ އެޕިސޯޑަށް މިފަހަރު އަހަރެމެން މި ދަތުރުކޮށްލަނީ ބ. ގޮއިދުއަށެވެ. ގޮއިދޫގެ ހިތްގައިމު މާހައުލުން އަހަރެމެންނަށް މަރުހަބާކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ އުންމީދީ ކައިޓްސާފަރު ހަސަން މާހިރު (ހަންޓޭ)އެވެ.
ކައިޓް ސާފިންގެ ތެރެއަށް ހަންޓޭއަށް ވަދެވުނީ 2016 ވަނަ އަހަރު އެވެ. ގޮއިދޫއަކީ މިކަމަށް މަޝްހޫރު ރަށެއް ކަމުގައިވާއިރު އޭނާގެ ފުރަތަމަ އެދުރުންނަކީ ތިމާގެ ބޭބެއެއް ކަމުގައިވާ ހަސަން ނިޒާމާއި ރާއްޖެ ދުށް އެންމެ މޮޅު އެއް ކައިޓް ސާފާކަމުގައިވާ މުހައްމަދު ސުޖާރު (ކޮޗޭ) އެވެ.
އުމުރުން އެންމެ 12 އަހަރުގައި ދިވެހި މީޑިއާތަކުގައި ހަންޓޭގެ ނަން ފެވެން ފަށާފައި ވާއިރު އަދިވެސް އޭނާ ދަނީ ފިޔަޖަހަމުންނެވެ.
މިގޮތުން 2017 ވަނަ އަހަރު ސްރީލަންކާގެ ކަލްޕިޓިޔާގައި ބޭއްވި "ރެޑްބުލް ލޯކަލް ހީރޯ ޓުއާ – ކައިޓް ސާފިންގް" ގައި ދުނިޔޭގެ އެހެން ގައުމުތަކުގެ މަޝްހޫރު ސާފަރުންނާއި ވާދަކޮށް ހަންޓޭ ވަނީ އެންމެން ހައިރާން ކޮށްލާފައެވެ.
މިއަހަރު އޯލެވެލް ހެދުމަށް ތައްޔާރުވަމުން އަންނަ ހަންޓޭ ބުނާގޮތުން ސްކޫލް އޮންނަ ދުވަސްތަކުގައި ވައި ޖެހޭނަމަ، ހަވީރު ވަގުތު އޭނާ ހުސްކޮށްލަނީ މުޅިީންވެސް ކައިޓް ސާރފްކުރުމަށެވެ. ބަންދު ދުވަހެއްނަމަ ގިނަ ވަގުތު ހުސްކުރަނީ މުޅީންވެސް ކައިޓް ސާރފިންއަށެވެ.
އެންމެ ކުޑައިރުއްސުރެވެސް މޫދަށް ހިތްޖެހިފައިވާ ހަންޓޭ ބުނާގޮތުން އޯލެވެލް ނިންމާލުމަށްފަހު އަދި ވަކި ކަމެއް ކުރަން އޭނާ ގަސްތެއް ނުކުރެއެވެ. ނަމަވެސް އުންމީދުކޮށްގެން ހުންނަނީ އޭނާގެ ސްޕޮންސާ ކަމުގައިވާ ސްލިންގްޝޮޓުން އެއްބަސްވެފައިވާ ފަދައިން އަހަރަކު އެއް ފަހަރު ދުނިޔޭގެ މަޝްހޫރު ކައިޓް ސާފަރަކާއެކު ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވެވޭނެ ކަމުގައެވެ.
އުމުރުން ކިތަންމެ ހަގަސް ހަންޓޭގެ ކުޅަދާނަކަމާއި ހުނަރުވެރިކަން އަހަރެމެން އާޝޯހު ކޮށްލައިފިއެވެ.
މޫދު މަދިރީގެ ވީޑިއޯގްރާފަރައަކީ ހުސެއިން ޝަޔާހުއެވެ. އަދި އެޑިޓިންގައި ބައިވެރިވެފައިވަނީ ޝަޔާހުގެ އިތުރަށް ސަންގެ ކްރިއޭޓިވް ޑިރެކްޓަރު މުސްތަފާ މުހައްމަދު ރަޝީދު (މުސްތޮ)އެވެ.
މި އެޕިސޯޑުގައި އެހެން ބައެއްފަރާތްތައް ނަގާފައިވާ ބައެއް ވީޑިއޯ ކްލިޕްތައްވެސް ހިމެނޭނެއެވެ.