އެންސްޕާގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް މަހިބަދޫ ދާއިރާގެ ކުރީގެ މެމްބަރު ރުގިއްޔާ މުހައްމަދު އައްޔަނުކުރައްވައިފިއެވެ.
ރުގިއްޔާ ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވައފައެވެ.
ނަމަވެސް 2014 ވަނަ އަހަރު ހަމަ އެ ދާއިރާއަށް ކުރިމަތިލައްވައި ރުގިއްޔާއަށް ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.
ރުގިއްޔާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލީ ބޭފުޅެއްގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އަނބިކަނބަލުންވެސް މެއެވެ.