ވަގަށް ނަގާފައިވާ ދެ ބަސްތާ ކާށީގެ ވެރިފަރާތް ހޯދަނީ

ކާށިތަކެއް---

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ބަސްތާ ކާށި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ވަނީ އެ ދެ ބަސްތާ ކާށީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ކާށި ބަސްތާ ތަކާއި ހަވާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ފުލުހުން ބުނީ އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް އެއްބާރުލުން ލިބޭ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް