އަރްޖުން ރާމްޕާލް ރާއްޖޭގައި

އަރްޖުން ރާމްޕާލް އާއި އޭނާގެ ލޯބިވެރިޔާ ގެބްރިއެލާ--- ފޮޓޯ/ އިންސްޓަގްރާމް

ބޮލީވުޑް އެކްޓަރު އަރްޖުން ރާމްޕާލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އަރްޖުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ލޯބިވެރިޔާ އެފްރިކާގެ ބަތަލާ މޮޑެލް އަދި ހޯސްޓް ގެބްރިއެލާ ޑެމެޓްރިއޭޑިސްއާ އެކުގަ އެވެ.

އަނަންތަރާ ވެލި ރިސޯޓުގެ ހިތްގައިމު މާހައުލުގައި ދެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަ އިރު އަރްޖުން އާއި ގެބްރިއެލާ އަންނަނީ ރިސޯޓުގައި ނަގާފައިވަ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.

ގެބްރިއެލާ މިހާރު އިނީ އަރްޖުންގެ ދަރިއަކަށް ބަލިވެއެވެ. އެ ދަރިފުޅު ވެގެންދާނީ އަރްޖުން އަށް ލިބޭ ތިން ވަނަ ކުއްޖާ އަށެވެ.

މީގެ ކުރިން އަރްޖުން އާއި މެހެރް ކައިވެނިކޮށް ވަނީ ދެ ކުދިން ލިބިފަ އެވެ. އެއީ މަހިކާ (17) އަދި މައިރާ (13) އެވެ.

އަރްޖުން އާއި މެހެރް ކައިވެނި ކޮށްފައި ވަނީ 1998 ވަނަ އަހަރު އެވެ. މެހެރް އަކީ އިންޑިއާގެ ކުރީގެ ރީތީގެ ރާނީ އެއްގެ އިތުރުން ސުޕަމޮޑެލް އެކެވެ.

comment ކޮމެންޓް