ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް ފުލުހަކު ނިޔާވެއްޖެ

ސްޓްރޯކެއް ޖެހިގެން ނިޔާވި ސިމްރާހް -- ފޮޓޯ: މީސް މީޑިއާ

ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދަނިކޮށް ފުލުހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިޔާ ޒާހިރު ވިދާޅުވީ ނިޔާވީ ކޯޕްރަލް ސިމްރާހް އަލީ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ސިމްރާހް ކުޅުދުއްފުށީގައި ހުއްޓައި ވަނީ ސްޓްރޯކެއް ޖެހިފައެވެ. އެކަމާ ގުޅިގެން އޭނާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ދިޔައީ ފަރުވާ ދެމުންނެވެ.

ސިމްރާހް ނިޔާވީ މިއަދު އިރުއޮއްސުނުތަނާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

ސިމްރާހް ނިޔާވިއިރު އޭނާގެ އުމުރުން 31 އަހަރެވެ. މަރުވިއިރު އަތްނބަކުވެސް ހުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް