މޫދު މަދިރި: ތުލުސްދޫ ރާޅުގަނޑުން އަންމަޑޭގެ ވާހަކަ!

ކުޑައިރުއްސުރެވެސް އަންމަޑޭއަށް އެންމެ ހާއްސައީ ހުކުރު ދުވަހެވެ. އެ ދުވަހަށް އޭނާ ކެތްމަދުވެފައި ހުންނަނީ، ހުކުރު ދުވަހަކީ ހަމަ ޔަގީނުން ވެސް މަންމަ އޭނާ ގޮވައިގެން މޫދަށް ދާނެ ދުވަހަކަށް ވާތީ އެވެ. އެންމެ ކުޑައިރުއްސުރެ ވެސް އޭނާގެ ހިތް އޮތީ މޫދަށް ބަންޑުވެ، ރާޅުތަކާ އެކު މަޖާކުރަން ހިތް ޖެހިފަ އެވެ. އޭނާގެ ބޭބެމެންވެސް ރާޅާއަޅާތަން ފެނި، އޭނާ ސާފް ކުރަން ފެށީ ފުޅިމަދު ކޮޅެއްގެ އެހީގަ އެވެ. ނަމަވެސް ދުވަސްތައް ފާއިތުވިހެން މިކަމަށް އޭނާގެ ހޮބީއަކަށް ބަދަލުވެ، އެ ހުނަރާއި ފެނި ގެސްޓުންނާއި ބޭބެމެންގެ އެހީގައި ބޯޑެއް ހޯދާލައިގެން ރަސްމީކޮށް ސާފްކުރަން ފެށީ އެވެ. އޭރު އަންމަޑޭގެ އުމުރުން އަދި ވާނީ އެންމެ 16 އަހަރެވެ.

މި ހަފްތާގެ މޫދުމަދިރީގައި މި އޮތީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ކުޅަދާނަ ރާޅާއެޅުންތެރިންގެ ތެރެއިން އެކަކު ކަމުގައިވާ އަހްމަދު އާގިލް (އަންމަޑޭ)ގެ ވާހަކަ އެވެ.

ސާފިންގެ އެކިއެކި މުބާރާތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ބޮޑެތި ރަން ވަނަތަކެއް އޭނާ ވަނީ ހޯދައިފަ އެވެ. މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތަކަށް އޭނާގެ ވާހަކަ ޔަގީނުންވެސް ހިތްވަރަކަށް ވާނެ އެވެ.

އަންމަޑޭގެ މި މަންޒަރުތައް ގެނެސްދީފައިމިވަނީ އޭނާ ދިރިއުޅެމުން ކ.ތުލުސްދޫގެ ހިތްގައިމު ކަމުގެ ތެރެއިން އެވެ.

comment ކޮމެންޓް