ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ އެއާލައިން ޕާޓްނަރަކަށް މޯލްޑިވިއަން

ޓީޓީއެމްފެއާގެ ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސަައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޓީޓީއެމް

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާގެ އެއާލައިން ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޓީޓީއެމް އިންތިޒާމްކުރުމަގައި އުޅޭ އޮރުކާ މީީޑިއާ ގްރޫޕްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސެއިން ސަނީ އުމަރުއެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާއެވެ.

ޓީޓީއެމް އަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ޝޯ އެވެ.

މި އަހަރު އެފެއާ ބޭއްވުމަށް ހަމަޖައްސައިފައިވަނީ އަންނަ މަހު 11 އިން 13 އަށެވެ. އެ ފެއާގއި 300 އެއްހާ ހޮޓަލުންނާއި، ސަޕްލަޔަރުންނާ އަދި އިންޑަސްޓްރީ ޕްރޮފެޝަނަލްއިން ބައިވެރިވާނެ ކަމަށް ބެލެވިފައިވާކަމަށް ޓިޓީއެމްއިން ބުންޏެވެ.

ފާއިތުވި ދެ އަހަރުވެސް ޓީޓީއެމް ފެއާ ކާމިޔާބު ކަމާއެކު ބާއްވާފައިވާއިރު، 500 އަށް ވުރެ ގިނަ ޕީއާރު ފާމު އަދި ޓްރެވަލް އެޖެންޓުން ވަނީ ފާއިތުވި ދެ އަހަރު މި ފެއާގައި ބައިވެރިވެފައެވެ.

ޓީޓީއެމް ފެއާގެ އެއް މަގުސަދަކީ 2020 އަންނަންވާއިރަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލުވުމަށް އެހީތެރިވެދިނުމަށް ފަތުރުވެރިކަމުގެ މާކެޓްތަކަށް ރާއްޖެ އިޝްތިހާރު ކުރުމެވެ.

comment ކޮމެންޓް