އުރީދޫ ބަދިގެ : ޗިކަން ޕައި

ކުކުޅަކީ އަހަރެމެންގެ ތެރެއިން އެންމެ ގިނަބަޔަކަށް ކަމުދާ އެއް ބާވަތެވެ. ތަފާތު އެތަށް ބާވަތެއްގެ ތަކެތި ކުކުޅުން ތައްޔާރު ކުރެވޭއިރު މިއަދުގެ ރެސިޕީއަކީ ޗިކަން ޕައި އެކެވެ. އާންމު އެހެން ޕައިތަކާއި، މި ޕައި ތަފާތުވާނެ ކަމަށް މިއަދުގެ ރެސިޕީ ތައްޔާރުކޮށްދޭ ސުއާދާ ވިދާޅުވާއިރު، މި ރެސިޕީގެ ހުރި މީރުކަމެއް އެނގޭނީ ހަމަ ޓްރައި ކޮށްލުމުންނެވެ.

ބޭނުންވާ ތަކެތި

40 ގްރާމް ބަޓާރ

50 ގްރާމް ކުކުޅު ކުދިކޮށް ކޮށާފައި

400 ގްރާމް މަޝްރޫމް

1 ލީކްސް

1 މޭޒުމަތީ ސަމްސާ އާދައިގެ ފުށް

1 މޭޒުމަތީ ސަމްސާ މަސްޓާޑް

1 މޭޒުމަތީ ސަމްސާ ކޮރިއަންޑާ ފަތް (އޮޕްޝަނަލް)

1 ޕަފް ޕޭސްޓްރީ

1 ބިސް

180 ގްރާމް ކުކިން ކްރީމް

ލޮނު

ތައްޔާރު ކުރާނެ ގޮތް

ބޮޑު ތެއްޔެއްގައި ބޭނުންކުރާ ބަޓަރުގެ ދެބައިކުޅަ އެއްބައި މެލްޓްކޮށްލާށެވެ. އެއަށްފަހު ކުކުޅުތައް ބްރައުން ކޮށްލުމަށްފަހު ނަގާށެވެ.

ދެން އަނެއްކާވެސް ބާކީ ހުރި ބަޓަރުކޮޅު އަޅާލުމަށްފަހު މަޝްރޫމް އާއި ލީކްސް އަޅާ 5 ވަރަކަށް މިނިޓް ކައްކާލާށެެވެ. އެއަށްފަހު ފުށްކޮޅު އަޅާލުމަށްފަހު، ފުށުގައިވެސް މުށި ކުލައެއް އަރަންދެން ރަނގަޅަށް ކައްކާލާށެވެ. ރަނގަޅަށް މިކްސް ކުރަން ހަނދާން ބަހައްޓަން ވާނެއެވެ. އެއަށްފަހު ކުކުޅުކޮޅާއ،ި މަސްޓަޑް، ކޮރިއަންޑާ، ލޮނު އަދި ކުކިން ކްރީމް އަޅާ ބޮކިއަރަންދެން (ބޮއިލް ވަންދެން) ކައްކާލާށެވެ.

ކުކުޅު ކޮޅު ކެކިނިމުމުން، 10 ސެންޓިމީޓަރު ވަށް ބޮޅުތަކެއް ޕޭސްޓްރީ ފުށްގަނޑު ދަމާލުމަށްފަހު ކަފާލާށެވެ. އަދި ކެއްކި ކުކުޅުކޮޅު އަޅާލާށެވެ. މަތި ބަންދުކޮށްފައިވެސް އަދި ނުކޮށްވެސް ތައްޔާރުކޮށްލެވިދާނެ އެވެ. ވީޑިއޯގައި ދެގޮތްވެސް ފެނިގެންދާނެ އެވެ.

މިހެން ހަދާ ނިމުމުން، ބިސްކޮޅެއް ޕޭސްްޓްރީ ފުށްގަނޑުގެ މަތީގައި ހާކާލާށެވެ. އޭރުން ރީތިކޮށް ފިހެވޭނެ އެވެ. މި ޕައި ފިހެލާނީ އަވަން ޕްރީހީޓް ކުރުމަށްފަހު 15 މިނިޓް ވަންދެން 180 ޑިގްރީސްގައެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ: ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު ޝަފީގު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު ރަޝީދު

comment ކޮމެންޓް