ރޫމޭނީއާގެ މުފްތީ މިނިސްޓަރު ޝާހިދަށް މަރުހަބާކީ ރޯދަވީއްލުމަކުން

ޝާހިދު ރުމޭނިއާގެ މުފްތީއާއެކު--- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރުއ އަބްދުﷲ ޝާހިދު ރޫމޭނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައި އެގައުމުގެ މުސްލިމުންގެ އިސް މުފްތީ،ޔޫސުފް މުރާތު އޭނާގެ ޝަރަފްގައި ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.

އިއްޔެ ބޭއްވި އެ އިފްތާރު ބާއްވައިފައިވަނީ ރޫމޭނިއާގެ ބުޗަރެސްތުގައި ހުންނަަ ހުންޗިއާރު ކެރޮލް 1 މިސްކިތުގައެވެ.

އެ ރޯދަ ވީއްލުމުގައި ފޮރިން މިނިސްޓްރީގެ ބައެއް އޮފިޝަލުންވެސް ބައިވެރިވެލެއްވިއެވެ. އަދި އެ ބޭފުޅުން ވަނީ އެ މިސްކިތުގައި ނަމާދުވެސް ކުރައްވައިފައެވެ.

ފޮރިން މިނިސްޓަރު ރޫމޭނިއާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި ވަނީ އެގައުމުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ. އަދި އެގަމުގެ ބޮޑޫވަޒީރުގެ ނާއިބު އަނާ ބިރުޗެލްއާ އެކު ބޭއްވި ބައްދަލުވުމުގައި ރޫމޭނީއާއި ރާއްޖެއާ މިހާރަށް ވުރެ ބޮޑަށް ބަދަހިކުރުމަށް ވަރަށް ގިނަ ދާއިރާތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.

އެގޮތުން ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ 24 ޕަސެންޓް ޑިއުޓީ ކުޑަކުރުމުގެ އިތުރުން ޔޫރަޕަށް ދާން ނަގަން ޖެހޭ ވިސާއާ ގުޅޭ ގޮތުން ނާއި އެކަންކަމުގައި ރާއްޖެއަށް ފަސޭހަތަކެއް ލިބޭތޯ މަޝްވަރާކޮށްފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކައުންސިލްގެ ރިޔާސަތު މިހާރު ބަަލަހައްޓަމުން ގެންދަނީ ރޫމޭނިއާގެ ސަރުކާރުންނެވެ.

ރާއްޖެ އާއި ރޫމޭނިއާއާ ގުޅުން ގާއިމްކުރިތާ މި އަހަރަށް 40 އަހަރު ފުރޭނެ އެވެ.

comment ކޮމެންޓް