ޝާހީ އާއިލާއަށް ފާޑުކީ ބީބީސީ މުވައްޒަފު ވަޒީފާއިން ވަކިކޮށްފި

ޝާހީއާއިލާއަށް ފާޑުކީ ޑެނީ ބެކާ އަދި އޭނާ ކުރި ޓުވީޓު---

ބީބީސީގެ މުވައްޒަފެއް ކަމަށްވާ ޑެނީ ބެކާ، އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ޗާލްސް އަދި މެގަން މާކެލްއަށް އަށް ފުރަތަމަ ލިބިވަޑައިގެންނެވި ދަރިކަނލުންއާ ބެހޭ ގޮތުން ފާޑުކިޔައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކޮށްފި އެވެ.

މެގެން އަދި ހެރީގެ ދަރިކަނލުން އުފަންވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޑެނީ ކުރި ޓުވީޓެއްގައި ޕޯސްޓް ކުރި ފޮޓޯއެއްގައި ދެމަފިރިއަކު ޗިމްޕަންޒީއެއް ގޮވައިގެން އިމާރާތަކުން ނުކުންނަތަން ފެނެ އެވެ. އެ ޗިމްޕަންޒީ ލައްވާފައި އިނީ އިންސާނުން ލައްވާކަހަލަ ހެދުމެކެވެ.

ނަމަވެސް މައްސަލަ ދިމާވީ އެ ޓުވީޓުގައި އޭނާ ކެޕްޝަން ޖެހި ގޮތުންނެވެ. ޝާހީ އާއިލާއަށް މަލާމާތްކޮށް ކެޕްޝަންގައި ޑެނީ ޖަހާފައި އިނީ ޝާހީ އާއިލާގެ ތުއްތު ދަރިފަޅު ހޮސްޕިޓަލުން ނިކުމެއްޖެ ކަމަށެވެ.

އެ ޕޯސްޓް މީސް މީޑީއާގައި ވައިރަލްވެފައިވާ އިރު ޑަނީ ވަނީ ފަހުން އެ ޓުވީޓު ނަގައިފަ އެވެ. ހުދު ބެކާ ވެސް ވަނީ އެއީ އަހުލާގީ މިންގަނޑަށް ނުފެތޭ ޓުވީޓެއް ކަމަށް ފަހުން ބުނެފަ އެވެ.

ބީބީސީ އިން ބުނީ ޑެނީގެ އެ ޓުވީޓަކީ ވަރަށް ނުރަނގަޅު އަދި މީހުންނާ މެދު ވަރަށް ނުބައިގޮތަކަށް ދެކޭ ފަދަ ގޮތަކަށް ކޮށްފައިވާ ޓުވީޓެއް ކަމަށެވެ. އަދި އޭނާގެ އެ އަމަލީ ބީބީސީން ގެންގުޅޭ އުސޫލުތަކާ މުޅިން ތައާރަޒުވާ އަމަލެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. - ބީބީސީ

comment ކޮމެންޓް