މުޅި ހުޅުމާލެއިން ކަރަންޓު ކެންޑިއްޖެ އެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހަކު ސަން އަށް ބުނީ ކަރަންޓް ކެނޑުނީ މިރޭ 10 ޖަހަށް އުޅެނިކޮށް ކަމަށެވެ.
ކަަރަންޓް ކެނޑުމާ ގުޅިގެން ހުޅުމާލޭގެ ހައިވޭގައި ހުރި ލައިޓްތައްވެސް ހުރީ ނިވިފައެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަރަންޓް ކެނޑުނު ސަބަބު ބަލައި ހައްލު ހޯދުމަށް މިހާރު މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ކަރަންޓު ކެނޑެއް ދިމާވީ ކޮން ސަބަބަކާ ހެދި ކަމެއް ސާފެއް ނުވެ އެވެ.
ކަރަންޓް ކެނޑުމާ ގުޅިގެން ގިނަ ބަޔަކު މިހާރު ދަނީ ވަރަށް ބޮޑަށް މީސް މީޑިއާގައި ޝަކުވާ ކުރަމުންނެވެ. "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓް ނެތުމުން ވަރަށް ބޮޑަށް ހޫނު ގަދަ ކަމަށާއި ގިނަ ބަޔަކު މިހާރު ތިބީ ބޭރުގައި ކަމަަށެވެ.