ރާއްޖޭގެ ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ މެންބަރު އަލީ ރިފާއުއަށް ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ އެކްސެކިއުޓިވް މެމްބަރުކަން ލިބިވަޑައިގެންފި އެވެ.
އެކަން އެންގެވުމުގެ ގޮތުން އިއްޔެ ވަނީ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ ފަރާތުން ރިފާއުއަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އެ ފެޑެރޭޝަނުން ބުނެފައި ވަނީ ރިފާއުގެ ފަރާތުން އެ ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަ ކަމަށާއި އޭނާ އަކީ އެ ހަވާލު ކުރެވުނު މަގާމަށް އެންމެ ގާބިލް އެއް ބޭފުޅާ ކަމެވެ.
ރިފާއުއަށް އެ މަގާމު ހަވާލު ކުރަން ނިންމީ ސެކެއްޓަރީ ޖެނެރެލް އޮފް ވޯލްޑް ބޮޑީ ބިލްޑިންގް އެންޑް ފިޒިކް ސްޕޯޓްސް ފެޑެރޭޝަނާއި އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޒިކް ސްޕޯޓްސް ފެޑެރޭޝަނުގެ ރައީސްގެ އިތުރުން ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިންގް އެސޯސިއޭޝަނުގެ ރައީސްގެ ވެސް ރުހުމާ އެކު ކަމަށް އެ ސިޓީގައިވެ އެވެ.
މީގެ އިތުރުން ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް ފެޑެރޭޝަނުން ފޮނުވި ސިޓީގައިވާ ގޮތުގެ މަތިން ރިފާއު އެ މަގާމާ ހަވާލުވުމުން ކުރިއަށް އޮތް އެކްޒެކެޓިވް މީޓިންގްތަކަށް ހާޒިރު ވާން ޖެހޭނެ ކަމަށާއި އަދި އެ ފެޑެރޭޝަނުން ބާއްވާ ހާއްސަ އިވެންޓުކަށް ވެސް ހާޒިރުވާން ޖެހޭނެ ކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީފް)ގައި މަސައްކަތް ކުރެއްވި ރިފާއު އަކީ ކުރީގެ މަޝްހޫރު ވޮލީ ރެފްރީކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.