މާމިގިލީ އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައި ތިން މީހެއްގެ ފައި ބިނދިއްޖެ

މާމިގިލީ އެއާޕޯޓް

މާމިގިލީ އެއާޕޯޓުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އެކަކުގެ ބޯ ފަޅައިގެންގޮސް ތިން މީހެއްގެ ފައި ބިނދިއްޖެއެވެ.

ފުލުހުންނަށް އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 4:15 އެހައިކަންހާއިރުއެވެ.

މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދު "ސަން" އަށް ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސް ތިން މީހެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހުންނަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ އެ އެއާޕޯޓުގެ ފަޔާ ލޮރީ ކޮންޓްރޯލް ނުވެގެން ކަމަށެވެ.

މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އެއާޕޯޓު ތެރޭ ޖޯލީގައި މީހުން ތިއްބައި އެވަގުތު އެތަނުން ދުއްވާފައި ދިޔަ ވެހިކަލް ކޮންޓްރޯލްނުވެ ޖޯލީގައި ޖެހިގެން ކަމަށެވެ.

މިއަހަރު މިހާތަނަށް އެކްސިޑެންޓްގެ 860 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި ނިމިދިޔަ އެޕްރީލް މަސް ތެރޭ 238 މައްސަލައެއް ހިމެނެއެވެ.

comment ކޮމެންޓް