ރޯދަ މަހު ދެއްވަދޫގައި ކުނި އުކައިދިނުން ހިލޭ

ދެއްވަދު ކައުންސިލް މެމްބަރުން--- ފޮޓޯ: ދެއްވަދޫ ކައުންސިލް

ރޯދަ މަހާ ގުޅިގެން ގއ. ދެއްވަދޫ ކައުންސިލް އިން އިން އެ ރަށުގެ ގޭގެއަށް ހިލޭ ކުނި އުކައިދުނުމުގެ ހިދުމަތްދޭ ގޮތަށް ނިންމައިފި އެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަޖްމީން މިއަދު "ސަން" އަށް ވިދާޅުވީ ރޯދަމަހާ ދިމާކޮށް އެ ރަށުގެ ގޭގެއަށް ހިލޭ ކުނި އުކައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

ދެއްވަދޫގައި ކުނި މިހާރު އުކައިދެނީ އެ ރަށުގެ ކައުންސިލްއިންނެވެ. އެކަމަށް ފީއެއްގެ ގޮތުގައި ނަގަނީ 200 ރުފިޔާ އެވެ.

ހިލޭ ކުނިއުކައިދިނުމުގެ އިތުރުން އެރަށުގެ ކޮންމެ ގެއަކަަށް ޑަސްބިނެއް ވެސް ރޯދަމަހާ ދިމާކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ނަޖްމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ރޯދަމަހަށް ހާއްސަކޮށް ކޮންމެ ގެއަކަށް މަސްކޭހެއް ވެސް ދިނުމަށް ވަނީ ނިންމައިފަ އެވެ.

ނަޖްމީން ވިދާޅުވީ މިއީ ރޯދަ މަހާ ދިމާކޮށް އެ ރަށިގެ ކައުންސިލުން ރައްޔިތުންނަށް ހާއްސަ ހަދިޔާދޭ ފުރަތަމަ ފަހަރު ކަމަށެވެ.

ދެއްވަދޫގައި މިވަގުތު ދިރިއުޅެމުންދަނީ 1318 މީހުންނެވެ.

ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ގިނަ ކައުންސިލްތަކުން އެ ރަށެއްގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ދަނީ ކޮށްދެމުންނެވެ. އޭގެ ތެރޭގައި ހިލޭ ކަރަންޓް ފޯރުކޮށްދިނުމާއި އެހެނިހެން ހަދިޔާތައް ދިނުން ހިމެނެ އެވެ.

comment ކޮމެންޓް