ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު މަރުވެއްޖެ

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ގއ. ދެއްވަދޫ -- ސެޓެލައިޓް ފޮޓޯ

ގދ. ދެއްވަދޫ ކައިރިއަށް އެން ދަމަން ފޭބި މީހަކު ހާލު ދެރަވެގެން މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މަރުވީ އެން ދަމަން ފާބައިގެން އުޅުނު 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެން ދަމަން ފޭބި މީހަކު ހާލު ދެރަވެގެން ގއ. ދެއްވަދޫއަށް ދަތުރުކުރާކަމުގެ މައުލޫމާތު ފުލުުންނަށް ލިބުނު ކަމަށެވެ. އެ މައުލޫމާތު ލިބުނީ މެންދުރު 4:40 ހާ އިރު ކަމަށް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް އޭނާ ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

comment ކޮމެންޓް