"މާމުއި"ގެ ސްޕެޝަލް އެޑިޝަން ޕޯސްޓަރުތައް ދުށިންތަ؟ ތަފާތު ދޯ!

"މާމުއި"ގެ ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް---

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ކޮމެޑީ ފިލްމު "މާމުއި" އަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅީން ތަފާތު ފިލްމަކަށް ވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ފިލްމު އިއުލާންކުރި ހިސާބުން ފެށިގެންވެސް ފިލްމުގެ ހާއްސަ ވާހަކަ ޕްރޮޑިއުސަރު މުހައްމަދު އަލީ(މޮގާ) އާ އޭނާގެ ޓީމުން އަންނަނީ ދައްކަމުންނެވެ. ސަބަބެއްނެތި އެއްވެސް ނޫނެވެ. ދިވެހި ފިލްމު އިންޑަސްޓްރީ ދުށް އެންމެ މޮޅު އެކްޓަރު އިސްމާއިލް ވަޖީހުގެ ހިމަނައިގެން އެ ފިލްމުގެ ޝޫޓިން ކާމިޔާބު ކަމާއެކީ ވަނީ ނިންމާލާފައެވެ.

"މާމުއި": ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް---

ހެއްވާ މަޖާ މި ފިލްމު ތަފާތު ލޮކޭޝަންތަކުގައި ޝޫޓްކޮށް ނިންމާލިއިރު އެ ފިލްމު ބެލުމަށްފަހު ބެލުންތެރިން "ސޮނިވެއްޓޭހާ" ފުރިހަމަވާނެއެވެ.

"ފިލްމުގެ މަންޒަރު ހުންނާނެ ޔޮޓްގައި ޝޫޓްކޮށްފައި. ދެން ޖެޓެއް ގައި ވެސް އިންނާނެ މަންޒަރެއް ޝޫޓްކޮށްފައި،"

"މާމުއި": ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް---

ފިލްމު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާއިރު އެ ފިލްމުގެ ޓްރެއިލާގެ އިތުރުން ޕޯސްޓަރުތަކެއް ވެސް މިވަނީ ދައްކާލާފައެވެ. ޑާކްރެއިންގެ ޓީމަކީ ކޮންމެ ފިލްމެއް އިއުލާންކުރާ ހިސާބުން ފެށިގެންވެސް ތަފާތު ޕޯސްޓަރުތަކެއް ގެނެސްދޭ ޓީމެކެވެ. އެއް ޕޯސްޓަރުން ފުއްދާލަނީއެއް ނޫނެވެ.

ފިލްމު އެޅުވުމާ ހަމައަށް އެކި ހިޔާލުތަކަށް ގިނަ ޕޯސްޓަރުތަކެއް ހަދާ ހަމައެކަނި ބަޔަކީ ޑާކްރެއިން އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. "މާމުއި"ގެ ޕޯސްޓަރުތަކުންވެސް އެކަން ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ.

"މާމުއި": ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް---

ގިނަ އަދަދެއްގެ ތަރީން ހިމަނައިގެން ތައްޔާރުކުރާ އެ ފިލްމުގެ ޕޯސްޓަރުތައް ވެސް ވަރަށް ތަފާތެވެ. ހިތްގައިމެވެ.

ފިލްމުގެ ޕޯސްޓަރުތައް ގިނަ ބަޔަކަށް ކަމުދިޔައެވެ. އެ ފުރިހަމަ ޕޯސްޓަރުތައް ތައްޔާރުކުރީ ހޫދު އިބްރާހިމްއެވެ.

"މާމުއި": ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް---

"މާމުއި" އަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމެވެ.

"މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

"މާމުއި": ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް---

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

"މާމުއި": ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް---

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

"މާމުއި": ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް---

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

"މާމުއި": ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް---

ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

"މާމުއި"ގެ އޮންލައިން ޕާޓްނަރަކީ ސަން އޮންލައިން އެވެ.

"މާމުއި": ސްޕެޝަލް އެޑިޝަން ޕޯސްޓަރެއް--

comment ކޮމެންޓް