ކޮންގްރެސް ޕާޓީގެ ރައީސް ކަމަށް އަދުރޭ ވާދަ ކުރައްވަނީ

އަދުރޭ: އޭނާ ވަނީ ކޮންގްރެސް ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ރައީސް ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރިމަތިލައްވައްވައިފިއެވެ.

ކޮންގްރެސް ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މިއަދު ޕީޕީއެން/ ޕީއެންސީ އިން އެ ކޯލިޝަންގެ އޮފީހުގައި ބޭއްވ ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އަދުރޭ ވަނީ، އޭނާ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވިކަން ކަން ޔަގީން ކޮށްދެއްވާފައެވެ.

އަދުރޭ ވިދާޅުވީ، އެ ޕާޓީގެ އިންތިހާބުގެ ކަންތައް ދަނީ ވަރަށް މިނިވަން ކަމާއެކު ކަމަށާއި އޭނާ އެކު ދެން ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅަކު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

comment ކޮމެންޓް