އައިޖީއެމްއެޗް އެމެޖެންސީގެ އޭސީތައް ހެދޭނީ އަންނަ މަހު

އައިޖީއެމްއެޗް-- ސަން ފައިލް ފޮޓޯ

އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގެ އެއާކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭވަރުވާނީ އަންނަ މަހުގެ ކުރީކޮޅު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މުފީދު މިއަދު "ސަން" އަށް ވިދާޅުވީ އެއާކޮންޑިޝަންތައް ހަލާކުވެފައިވަނީ އެ ހޮސްޕިޓަލްގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެ މައްސަލަ އަންނަ މަހު ކުރީކޮޅު ހައްލުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަންނަ މަހުގެ ފުރަތަމަ ދެ ހަފްތާތެރޭ ރަނގަޅުވާނެ. މިހާރު ވާނީ ކޫލިން ޓަވަރުތަކަށް ބޭރުން އޯޑަރުކޮށްފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމްގެ އެއާކޮންޑިޝަންތައް ހަލާކުވެ އެތަން ހޫނުގަދަވެ، އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށްވެސް ދަތިތަކާ ކުރިމަތިވުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

comment ކޮމެންޓް