މިލަދޫ ސްކޫލުގެ ތިޖޫރީ ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި

ނ.މިލަދޫ

ނ.މިލަދޫގައި ހުންނަ ހިދާޔާ ސްކޫލުގެ ތިޖޫރީ ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އެ ސްކޫލުގެ ތިޖޫރީ ވަގަށް ނެގި މައްސަލަ މިއަދު 8:14 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ތިޖޫރީގައި ލައްކައަކަށް ވުރެ ގިނަ ފައިސާ ހުރި ކަމަށެވެ.

މިފަހަކަށް އައިސް ތިޖޫރީ ވަގަށް ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. ވަގަށް ނެގި ބައެއް ތިޖޫރީތައް ފައިސާ އާއެކު ފުލުހުން ވަނީ ހޯދައިފައެވެ.

comment ކޮމެންޓް