ދޮރެއް ވެއްޓި ވިކީގެ ކޯ ކަށިގަނޑު ފްރެކްޗާ ވެއްޖެ

ބިރުވެރި ފިލްމެއްގެ މަންޒަރެއް ނެގުމުގެ ތެރޭގައި އެކްޓަރު ވިކީ ކޯޝަލްގެ ގަޔަށް ދޮރެއް ވެއްޓި އޭނާގެ ކޯ ކަށިގަނޑު ފްރެކްޗާ ވެއްޖެ އެވެ.

ވިކީ އަށް އަނިޔާ ވެފައި ވަނީ ގުޖްރާތުގައި ބޯޓެއްގެ ތެރޭގައި އެކްޝަން ސީކުއެންސެއް ޝޫޓު ކުރަމުން ދަނިކޮށެވެ. ވިކީ މަސައްކަތް ކުރަމުން އަންނަނީ ޑައިރެކްޓަރު ބާނޫ ޕްރަތާޕް ސިންގްގެ ކުރިއަށް އޮތް ފިލްމުގަ އެވެ. ޚަބަރުތައް ބުނާގޮތުން އެ މަންޒަރުގައި ވިކީ ޖެހެނީ ދުވެފައި ގޮސް ދޮރެއް ހުޅުވާށެވެ. ދޮރު ހުޅުވަން އުޅުމުގެ ތެރޭގައި ވިކީގެ ގަޔަށް ދޮރު ވެއްޓި، ކޯ ކަށިގަނޑަށް އަނިޔާ ވީ އެވެ. ވަގުތުން އޭނާ ކައިރި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދީފައި ވާއިރު، ކޮލުގެ 13 ތަނަކަށް ސްޓިޗް ޖަހަން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފަރުވާ ދިނުމަށް ފަހު ވިކީ ދޫކޮށްލައިފައި ވާއިރު، އޭނާ މިހާރު ވަނީ އެނބުރި މުމްބާއީއަށް ގޮސްފަ އެވެ.

ބާނޫގެ ފިލްމުގެ އިތުރުން ވެސް ވިކީ އަންނަނީ އެހެން ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރަމުންނެވެ. 'އުރީ: ދަ ސާޖިކަލް ސްޓްރައިކް' އަށްފަހު އެ ފިލްމުގެ ޑައިރެކްޓަރު އަދިއްތުޔަ ޑަރްގެ އިތުރު ފިލްމަކަށް ވިކީ ވަނީ ސޮއިކޮށްފަ އެވެ. އޭގެ އިތުރުން ޝޫޖިތު ސިރްކާރުގެ އުދަމް ސިންގ ބަޔޮޕިކް އާއި ކަރަން ޖޯހަރުގެ ފިލްމު 'ތަޚްތު'ގެ މަސައްކަތް ވެސް ކުރިއަށް އެބަ އޮތެވެ.

comment ކޮމެންޓް