ފިއްލަދޫ ކައުންސިލް ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފި

ފިއްލަދޫ ކައުންސިލުގެ ބައި-އިލެކްޝަން ކުރިއަށްދަނީ --ފޮޓޯ: އިލެކްޝަންސް

ހއ. ފިއްލަދޫ ކައުންސިލުގެ ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރަކު އައްޔަނު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފިއްލަދޫ ކައުންސިލުގެ ބައި އިލެކްޝަންގެ ވޯޓުލުން ފިއްލަދޫ އަދި މާލޭގައި މިއަދު ކުރިއަށްދާ ކަމަށެވެ.

ފިއްލަދޫ ކައުންސިލުގެ ދެ ގޮނޑިއެއް ހުސްވީ އެރަށު ކައުންސިލުގެ ތިން މެންބަރުންގެ ތެރެއިން ދެ މެންބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހް މީގެ ކުރިން 'ސަން' އަށް ވިދާޅުވީ ދެ ކައުންސިލަރުންގެ ތެރެއިން ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޖައުފަރު އިސްތިއުފާ ދެއްވީ ކިޔެވުމަށް ވަގުތު ދެއްވުމަށް ކަމަށެވެ. އަދި މެންބަރު މުހައްމަދު ނާފިއުގެ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

ފިއްލަދޫ ކައުންސިލުގެ ބައި-އިލެކްޝަނުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނާއި އެމްޑީޕީގެ ދެ ކެންޑިޑޭޓެކެވެ.

comment ކޮމެންޓް