ކިމް ކާޑޭޝަން ލޯޔަރަކަށް ވަނީ

ކިމް ކާޑޭޝަން --

އެމެރިކާގެ ރިޔަލިޓީ ޓީވީ ތަރި ކިމް ކާޑޭޝަން، ލޯޔަރަކަށް ވުމަށް މަސައްކަތް ފަށައިފިއެވެ.

ކިމް ބުނީ އެމެރިކާގެ ލޯ ފާމެއްގައި އެޕްރެންޓެންޓިސްޝިޕް ޕްރޮގްރާމެއް ފަށާފައިވާ ކަމަށާއި ހަތަރު އަހަރުގެ އެޕްރެންޓެންޓިސްޝިޕަށްފަހު ލޯޔަރަކަށް ވުމުގެ އުއްމީދުގައި ހުރިކަމަށެވެ.

ކިމްގެ އެޕްރެންޓެންޝިޕް ޕްރޮގްރާމު ފުރިހަމަކުރުމަށް ކޮންމެ ހަފްތާއަކު 18 ގަޑިއިރު ދެ މެންޓާ ލޯޔަރުންނާއެކު ކިޔެވުމުގައި ހޭދަކުރަންޖެހެއެވެ.

https://sun.mv/106209

ކިމް ވަނީ މީގެ ކުރިން އެމެރިކާގެ ޖަލެއްގައި ހުރި އަންހެނަކު ޖަލުން ދޫކޮށްލުމަށް މަސައްކަތްކޮށްފައެވެ.

އެ މަސައްކަތުގެ ތެރެއިން އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކޮށްފައެވެ. ޓްރަމްޕް އޭރު ވިދާޅުވީ ޖަލުގެ ކަންތައް ރީފޯމު ކުރުމާ ގުޅޭގޮތުން ކިމް އާ މަޝްވަރާ ކުރެއްވި ކަމަށެވެ. ކިމް ބުނީ ލޯޔަރަކަށް ވުމަށް އެންމެ އިންސްޕަޔާވީ ޖަލުގައި ހުރި އެލިސް ޖޯންސަން ދޫކޮށްލުމަށް ގޮވާލާ ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ.

"ކެރިޔާ ބަދަލު ކުރަން ވަރަށް ވިސްނަން ޖެހުނު. އަބަދުވެސް ބޭނުންވެފައި ހުރީ މިކަހަލަ އާ ކަމެއް ތަޖުރިބާ ކުރަން،" ބޮޑު ވިޔަފާރިއެއްވެސް ހިންގަމުން އަންނަ ކިމް ބުނެފައިވެއެވެ.

https://sun.mv/106505

comment ކޮމެންޓް