ކިމް ކާޑޭޝަންގެ އެދުމާއެއްގޮތަށް ކުށްވެރިއަކަށް ޓްރަމްޕް މާފު ދެއްވައިފި

އެލިސް ޖޯންސަން --

އުމުރު ދުވަހެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީ އަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މައާފު ދެއްވައިފި އެވެ.

މައާފު ދެއްވި ގައިދީއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ 22 އަހަރު ކުރިން ޖަލަށް ލާފައިވާ މިހާރު އުމުރުން 63 އަހަރުގެ އެލިސް ޖޯންސަން އެވެ.

އެލިސް އަށް މައާފު ދިނުމަށް އެދި ރިއަަލިޓީ ޓީވީ ތަރި ކިމް ކާޑޭޝަން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ޓްރަމްޕް އާ ބައްދަލު ކޮށްފަ އެވެ.

ވައިޓް ހައުސް އިން ބުނީ އެލީސް އަކީ ޖަލުގައި އުޅުނު އިރު އަހުލާގު ހިފެހެއްޓި، ރަނގަޅުވާން މަސައްކަތް ކުރި މީހެއް ކަމަށެވެ.

އޮބާމާގެ ވެރިކަން ނިމެން އުޅެނިކޮށް އެލީސް އަށް މައާފު ދޭން ނިންމި ނަމަވެސް އެ ވެރިކަން ނިމުނު އިރު އެކަން އޭރު ނުވެ އޮތީ އެވެ. އެލީސް އަކީ މިހާރު މުނިމާމައެއް ވެސް މެ އެވެ.

comment ކޮމެންޓް