އިމްރާން ހާންގެ އޮފީހުގައި އަލިފާން ރޯވެއްޖެ

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން--

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ގެ ރަސްމީ އޮފީހުގައި އަލިފާން ރޯވެއްޖެއެވެ.

އެ ހާދިސާ ހިނގާފައިވަނީ އިމްރާން ހާންގެ އޮފީހުގެ ހަވަނަ ބުރީގައެވެ.

ޕާކިސްތާނުގެ ޖިއޯ ޓީވީ އިން ބުނީ އެ ހާދިސާ ހިނގިއިރު އިމްރާން ހާން އިންނެވީ އޮފީހުގައި ބައްދަލުވުމެއްގައި ކަމަށެވެ. އަދި އަލިފާންގެ ހާދިސާ ހިނގުމާއެކު އެ ތަނުގައި ތިބި މުވައްޒަފުން ސަލާމަތުން ނެރުމަށް އަލިފާން ނިއްވާ ޓީމަށް އިމްރާން ހާން އެންގިކަމަށްވެސް ވެއެވެ. އެހެން ނަމަވެސް އެ ބައްދަލުވުން މެދުކަނޑާލައިފައި ނުވާ ކަމަށް ޖިއޯ ޓީވީން ބުންޏެވެ.

އަދި އެ އިމާރާތުން އިމްރާން ހާން ނިކުމެވަޑައިގެންނެވީ އެ ހުރިހާ ސްޓާފުން ސަލާމަތުން ނުކުތުމުން ކަމަށްވެސް އެ ޓީވީން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

އެ ހާދިސާ ހިނގީ ޝޯޓް ސާކިޓްއެއް ދިމާވެގެން ކަމަށްވެސް ޕާކިސްތާނުގެ ޓީވީން ބުންޏެވެ.

comment ކޮމެންޓް