މިހާރު ކުރިއަށް ދާ އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިމެނޭ މެންބަރުންގެ ތެރެއިން ކުރިއަށް އޮތް މަޖިލީހަށް ކުރިމަތިލެއްވި މެންބަރުންގެ ތެރެއިން ދެ ބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ ގިނަ މެންބަރުން އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ސަން އޮންލައިން ގެނެސްދިން މަޖިލީހުގެ ނަތީޖާތަކަށް ބަލާއިރު މިހާރު ވެސް މެންބަރުންގެ ގޮތުގައި ހުންނަވައި އިންތިހާބްގައި ވާދަކުރެއްވި 44 މެންބަރަކަށް މި އިންތިހާބްގައި ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިދިކޮޅު މައިޕާޓީ ޕީޕީއެމް/ޕީއެންސީގެ 17 މެންބަރުންނާއި އެ ޕާޓީއާ އެކު މަޖިލީހަށް ވާދަކުރި ޖޭޕީގެ 12 މެންބަރަކާއި އަމިއްލަ ގޮތުން ވާދަކުރެއްވި 13 މެންބަރުންގެ އިތުރުން ވެރިކަން ކުރާ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އަދި އެމްޑީއޭގެ އެއް މެންބަރަކެވެ.
އެގޮތުން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރެއްގެ ގޮތުގައި މިހާރު އިންނެވި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ވަނީ 180 ވޯޓުގެ ތަފާތަކުން ށ. ބިލެއްފަހީގެ ކުރީގެ ކައުންސިލް މެންބަރު އަބްދުﷲ ޝަހީމްއާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.
މުހައްމަދު ހުސައިންގެ އިތުރުން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް އާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމްގައި ހުރުމަށްފަހު ވެރިކަން ބަދަލުވުމުން ޖޭޕީއާ ގުޅިވަޑައިގަތް ރިޔާޒު ރަޝީދަށް ވެސް ވަނީ ގޮނޑި ދިފާއު ކުރެވޭ ގޮތް ނުވެފަ އެވެ. އަދި ޕީޕީއެމްގެ މިހާރުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހުގެ އިތުރުން ޕީއެންސީގެ ވަގުތީ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވެސް ގޮނޑި ދިފާއެއް ނުކުރެވެ އެވެ.
ގޮނޑި ދިފާއު ނުކުރެވުނު މެންބަރުން
- މުޙައްމަދު އިސްމާޢީލް (ޕީޕީއެމް) ހޯރަފުށި ދާއިރާ
- މުޙައްމަދު ޢަބްދުﷲ (އަމިއްލަ) އިހަވަންދޫ ދާއިރާ
- އިބްރާހީމް ޝުޖާޢު (ޕީޕީއެމް) ބާރަށު ދާއިރާ
- ޢަބްދުއްލަޠީފް މުޙައްމަދު (އަމިއްލަ) ދިއްދޫ ދާއިރާ
- ޢަލީ ޢާރިފް (ޕީޕީއެމް) ކެލާ ދާއިރާ
- ޙުސައިން ޝަހުދީ (ޖޭޕީ) ހަނިމާދޫ ދާއިރާ
- ޙުސައިން ޢަރީފް (އަމިއްލަ) ނޮޅިވަރަމް ދާއިރާ
- މުޙައްމަދު ނަޝީދު (އަމިއްލަ) ކުޅުދުއްފުށި އުތުރު ދާއިރާ
- އަނާރާ ނަޢީމް (އަދާލަތު) މަކުނުދޫ ދާއިރާ
- މުޙައްމަދު ޙުސައިން (ޖޭޕީ) ކަނޑިތީމު ދާއިރާ
- ޙަސަން މުފީދު ޢަބްދުލްޤާދިރު (ޕީޕީއެމް) މިލަންދޫ ދާއިރާ
- ޢަލީ ސަލީމް (ޕީޕީއެމް) ފުނަދޫ ދާއިރާ
- ޢަލީ މަޢުރޫފް (އެމްޑީއޭ) ކެނދިކުޅުދޫ ދާއިރާ
- އިލްހާމް އަޙްމަދު (ޖޭޕީ) އުނގޫފާރު ދާއިރާ
- މުޙައްމަދު ޢަލީ (ޕީޕީއެމް) ދުވާފަރު ދާއިރާ
- އިބްރާހީމް ފަލާޙް (ޕީޕީއެމް) އިނގުރައިދޫ ދާއިރާ
- މުޙައްމަދު އަމީތު އަޙްމަދުމަނިކު (ޖޭޕީ) މަޑުއްވަރި ދާއިރާ
- މުޙައްމަދު ވަޙީދު އިބްރާހީމް (އަމިއްލަ) ތުލުސްދޫ ދާއިރާ
- ޙުސައިން މުޙައްމަދު (ޖޭޕީ) މަތިވެރި ދާއިރާ
- އިބްރާހީމް ޙަސަން (ޖޭޕީ) ތޮއްޑޫ ދާއިރާ
- މޫސާ ނިޒާރު އިބްރާހީމް (ޖޭޕީ) ކެޔޮދޫ ދާއިރާ
- އަޙްމަދު މުބީން (ޖޭޕީ) ބިލެތްދޫ ދާއިރާ
- ޢަބްދުﷲ ޚަލީލް (ޕީޕީއެމް) ނިލަންދޫ ދާއިރާ
- ރިޔާޟް ރަޝީދު (ޖޭޕީ) ވިލުފުށި ދާއިރާ
- މުޙައްމަދު މުޞްޠަފާ (އެމްޑީޕީ) ތިމަރަފުށި ދާއިރާ
- ޙުސައިންމަނިކު ދޮންމަނިކު (ޖޭޕީ) ތ. ގުރައިދޫ ދާއިރާ
- އަޙްމަދު ރަޝީދު އިބްރާހީމް (ޖޭޕީ) އިސްދޫ ދާއިރާ
- ޢަބްދުއްރަޙީމް ޢަބްދުﷲ (ޕީއެންސީ) ފޮނަދޫ ދާއިރާ
- ޖަމީލް ޢުޘްމާން (އަމިއްލަ) ގެމަނަފުށި ދާއިރާ
- ސަޢުދުﷲ ޙިލްމީ (އަމިއްލަ) ތިނަދޫ އުތުރު ދާއިރާ
- އަޙްމަދު ނިހާން ޙުސައިންމަނިކު (ޕީޕީއެމް) ތިނަދޫ ދެކުނު ދާއިރާ (ދާއިރާ ބަދަލު
- ޢަބްދުﷲ އަޙްމަދު (ޖޭޕީ) ތިނަދޫ ދެކުނު ދާއިރާ (ދާއިރާ ބަދަލު
- މުޢާޒު މުޙައްމަދު ރަޝީދު (ޕީޕީއެމް) މަޑަވެލި ދާއިރާ
- އަޙްމަދު ރަޝީދު (ޕީއެންސީ) ގައްދޫ ދާއިރާ
- ޢަލީ ޝާހް (އަމިއްލަ) ފުވައްމުލަކު އުތުރު ދާއިރާ
- ޢަލީ ފަޒާދު (އަމިއްލަ) ފުވައްމުލަކު ދެކުނު ދާއިރާ (ދާއިރާ ބަދަލު
- މުޙައްމަދު ޝާހިދު (ޕީޕީއެމް) ހުޅުދޫ ދާއިރާ
- އިބްރާހީމްދީދީ (އަމިއްލަ) ފޭދޫ ދާއިރާ
- މުޙައްމަދު ޢަބްދުލްކަރީމް (އަމިއްލަ) ހެންވޭރު ދެކުނު ދާއިރާ
- އަޙުމަދު އަސްޢަދު (ޕީޕީއެމް) ގަލޮޅު ދެކުނު ދާއިރާ
- އަޙްމަދު ފާރިސް މައުމޫން (އަމިއްލަ) މައްޗަންގޮޅި އުތުރު ދާއިރާ
- ޢަބްދުﷲ ސިނާން (އަމިއްލަ) މައްޗަންގޮޅި ދެކުނު ދާއިރާ
- އަސްމާ ރަޝީދު (ޕީޕީއެމް) މާފަންނު މެދު ދާއިރާ
- ޢަބްދުﷲ ރިފާޢު (ޕީޕީއެމް) މާފަންނު ދެކުނު ދާއިރާ
މަޖިލިސް އިންތިހާބްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ވަނީ 65 ގޮނޑި ކާމިޔާބް ވެފަ އެވެ. ޖޭޕީ އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަ ކެންޑިޑޭޓަކު ކާމިޔާބް ހޯދާފައިވާއިރު ޕީޕީއެމަށް ލިބިފައިވަނީ ހަ ގޮނޑި އެވެ. އެމްޑީއޭ އަދި ޕީއެންސީއަށް ލިބިފައިވަނީ ދެ ގޮނޑި އެވެ.