އޮފިޑް ފަންޑުގެ އެހީގައި މިއަހަރު 20 މަޝްރޫއެއް

ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ----

ޕްލޭނިން މިނިސްޓްރީ އިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން އޮފިޑް ފަންޑުގެ އެހީގައި 20 މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީ އިން ބުނީ އޮފިޑް ފަންޑުގެ އެހީގައި މިއަހަރު ހަތް ރަށެއްގެ ފެނުގެ ނިޒާމު ގާއިމްކޮށް، އަށް ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފަސް ރަށެއްގެ ބަނދަރުވެސް އޮފިޑް ފަންޑުގެ އެހީގައި މިއަހަރު ހަދަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުންޏެވެ.

މި 20 މަޝްރޫއަށް ޖުމްލަ 65.25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އޭގެ ތެރެއިން އޮފިޑުން ދެނީ 50 މިލިޔަން ރުފިޔާއެވެ. މި މަޝްރޫއުތަކުގެ އެޕްރައިޒަލް މިޝަން ނިމިފައިވާ ކަމަށާޢި މި މަސައްކަތްތަކުގެ ބިޑަށް އަހަރުގެ މެދުތެރޭ ހުޅުވާލާނެ ކަމަށް ވެސް ޕްލޭނިން އިން ބުންޏެވެ

ބަނދަރު ހަދަން ނިންމި ރަށްތައް: ބ. ދޮންފަނު، ކިހާދޫ، ކުޑަރިކިލު، ގއ. ކޮލަމާފުށި، ގދ. ހޯޑެއްދޫ

ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ނިންމި ރަށްތައް: ހދ. މަކުނުދޫ، ނެއްލައިދޫ، ނޭކުރެންދޫ، ށ. ފޭދޫ، ބ. ދަރަވަންދޫ، ކެންދޫ، ގދ. ފިޔޯރީ، ވާދޫ

ފެނުގެ ނިޒާމް ގާއިމް ކުރަން ނިންމި ރަށްތައް: ހދ. މަކުނުދ، ނެއްލައިދޫ، ނޭކުރެންދޫ، ށ. ފޭދޫ، ބ. ކެންދޫ، ގދ. ފިޔޯރީ، ވާދޫ

ޕްލޭނިން މިނިސްޓްރީ އިން ވަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމާއި ބަނދަރުގެ މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފަ އެވެ. ބައެއް މަޝްރޫއުތައް އޮތީ ބިޑަށް މަރުހަލާގަ އެވެ.

comment ކޮމެންޓް