ދިރާގުން ފިކްސްޑް ބްރޯޑްބޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑު އިންޓަނެޓުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން ހަ މަސް ދުވަސް ވަންދެން 30 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިމަހުގެ ނިޔަލަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް 100އެމްބީޕީއެސް ގައި ލިބޭނެއެވެ.

ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިރާގުން ވަނީ ފައިބާ ބްރޯޑްބޭންޑް ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ފޯރުކޮށްދީފައެވެ.

comment ކޮމެންޓް