އެމީ ޖެކްސަން ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑު!

އެމީ ޖެކްސަންއާއި އޭނާގެ ލޯބިވެރިޔާ--

މަޝްހޫރު ފިލްމީ ތަރި އަދި މޮޑެލް އެމީ ޖެކްސަން 26 އޭނާގެ ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑުކަން ހާމަކޮށްފިއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އިއްޔެ އެމީ އެކަން ޔަގީން ކޮށް ދީ ކުރި ޕޯސްޓުގައި ބުނީ މަންމައިންގެ ދުވަހު މިއަށް ވުރެ ބޮޑު އުފަލެއް ނުލިބޭނެ ކަމަށެވެ.

ޔޫކޭގައި މަންމައިންގެ ދުވަސް ފާހަގަކުރަނީ މާޗް މަހުގެ 31 ވަނަ ދުވަހުއެވެ.

"ދަރިފުޅު ދެކެން ކެތް މަދުވެފައި މިހުރީ،" އެމީ ބުންޏެވެ.

އެމީ ބަނޑު ބޮޑުވި ހަބަރާއެކު ގިނަ ބަޔަކު ހައިރާންވެފައި ތިބިއިރު އޭނާގެ ފޭނުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

އޭނާ އެންގޭޖްވެފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ ޖޯޖު ޕަނައްޔޯތާ 30، އެންގޭޖްވިއިރު އެދެމީހުން އަންނަ އަހަރު ކައިވެނި ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެމީ އާއި ޖޯޖު ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 ވަނަ އަހަރުގައެވެ.

comment ކޮމެންޓް