ދުނިޔޭގެ އާތުއަވާ ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ތ. އަތުޅު މަދަރުސާގައި ފަށައިފި އެވެ.
އެގޮތުން ތ. އަތޮޅުމަދަރުސާގެ ސްކައުޓްކުދިންނާއި ކަބުސްކައުޓްކުދިން މިއަދު ހެނދުނު ވަނީ ތ. ގުރައިދޫގެ އެކި އެކި ސަރަހައްދުގެ ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅި، ޕްލާސްޓިކާއި ރަބަރު ފަދަތަކެތި ވަނީ ނަގައިފަ އެވެ.
އަދި އޭގެ އިތުރުން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ކަބްސްކައުޓްކުދިންގެ މެދުގައި ވަނީ ބާއްވައިފަ އެވެ.
ތ. އަތޮޅު މަދަރުސާ އިން ބުނީ މިއަދު ހަވީރު 4:00ގައި ޕްލާސްޓިކް ފުޅީގައި ގަސްއިންދުން ސްކޫލް ގޯތިތެރޭގައި ކުރިއަށް ގެންދިއުމުގެ އިތުރުން ޕެރޭޑެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބުނީ އެ ޕެރޭޑްގައި ހުރިހާ ސްކައުޓް ކުދިންނާއި، ކަބްސްކައުޓް ކުދިން، ހުރިހާ ޓީޗަރުން، އަދި ބެލެނިވެރިން ބައިވެރިވާނެ ކަމަށެވެ.

އާތު އަވާ ފާހަގަކުރުމަށް ތ. ގުރައިދޫގައި ހިންގި ސާފުކުރުމުގެ ހަރަކާތެއްގެ ތެރެއިން--
ތ. އަތޮޅު މަދަރުސާ އިން ބުނީ އާތުއަވާގެ މުނާސަބާގައި ބާއްވާ ހާއްސަ އިވެންޓް ރޭގަނޑު 8:30 އިން 9:30 ރަށުގެ ބޯޅަދނޑުގައި މިރޭ ކުރިއަށް ދާނެ ކަމަށެވެ. އެ އިވެންޓްގައި އުނބު ބޭނުން ކޮށްގެން ދަނޑު ދިއްލާލުން ކުރިޔަށްދާނެ ކަމަށާއި އެ އިވެންޓްގައި ރަށުގެ ހުރިހާ ބޭފުޅުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެވަގުތު ކޮޅު ސަރުކާރުގެ ހުރިހާ މުއައްސަސާ އަކުން ކަރަންޓް އޮފް ކޮއްލުމާ އެކު ރަށުގެ ހުރިހާ ގެޔަކުން ބޭނުން ނުކުރާ ކަރަންޓް ސާމާނު އޮފް ކޮއްލާނެ ކަމަށް ވެސް އެ މަދަރުސާއިން ބުންޏެވެ.
އާތު އަވާ ދުވަހާއި ގުޅިގެން އެ ރަށުގެ ރައްޔިތުން ޕްލާސްޓިކް ފަދަ ތަކެތި އެޅުމަށް ޓަކައި ސްކޫލްގެ އެކި ސަރަހައްދު ތަކުގައި ބޮޑެތި ޑަސްބިންތައް ވެސް ވަނީ ބަހައްޓައިފަ އެވެ.