ހުޅުމާލެ ޣާޒީ ސްކޫލުގައި ޑައުންސިންޑްރޯމް ދުވަސް ފާހަގަކޮށްފި

ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރުމަށް ގާޒީ ސްކޫލުން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން-- ފޮޓޯ: ޣާޒީ ސްކޫލް

ހުޅުމާލޭ ޣާޒީ ސްކޫލުގެ ޣާޒީ ޖެމް ނުވަތަ އިންކްލޫސިވް ސަޕޯޓް ޔުނިޓުން ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ސްކޫލުން ވަނީ ޑައުންސިންޑްރޯމް ދުވަހާ ގުޅުވައިގެން ފެއާއެއް ބާއްވައިފައެވެ. މީގެ އިތުރުން ސްކޫލުގެ އިންކްލޫސިވް ޑިޕާޓްމެންޓުން ނެރޭ ހޭލުންތެރި ކުރުމުގެ ޕޯސްޓަރުވެސް ވަނީ ނެރެފައެވެ.

ޣާޒީ ސްކޫލުގެ ޖެމް އަކީ 2013 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ޔުނިޓެކެވެ. އެ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ 160 ކުދިން ތައުލީމް ހާސިލްކުރެއެވެ.

މިދަރިވަރުންނަށް ހާއްސަކޮށްގެން އެ ސްކޫލުން ސްޕެޝަލް އެޑިއުކޭޝަން، ގުރޫޕް ޓީޗިންގް، ވަން-ވަން ، އިންކްލޫސިވް އެޑިއުކޭޝަން ކްލާސްތައް ހިންގައެވެ. މި ޕްރޮގްރާމް ތަކުން ދަރިވަރުންނަށް އައިއީޕީ ތައްޔާރުކޮށް ދަރިވަރުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށް ދެއެވެ.

ޣާޒީ ސްކޫލުން ބުނީ ޑައުންސިންޑްރޯމް ޑޭ ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ޑައުންސިންޑްރޯމް އާއި މެދު މީހުންހޭލުންތެރިކުރުވާ ޑައުންސިންޑްރޯމް ހުންނަ ކުދިން ބަލައިގަންނަ މުޖްތަމަޢެއް ގާއިމްކުރުން ކަމަށާއި، މިފަދަ ކުދިންގެ ބައިވެރިވުން މުޖްތަމައުގެ ގައި އިތުރު ކުރުމެވެ.

comment ކޮމެންޓް